ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެއްޖެ ނަމަ، އެކަމެއް ކުރެއްވުމުގެ ނިޔަތާއި ސާފު ޕްލޭނެއް އެމަނިކުފާނުގެ އޮންނާނެ ކަމަށް ވިދާޅުވެ، ޓެންޑަރ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު އެމަނިކުފާނަށް ތައުރީފު ކުރަށްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ، ރައީސް ޔާމީން އަބަދުވެސް ވާހަކަފުޅު ދައްކަވާނީ ޕްލޭނެއް އޮވެގެން ކަމަށާއި، ކަންކަން ތަންފީޛުކުރުމުގެ ފުރިހަމަ އިތުބާރާއި، އެކަން ކުރާނެ ސާފު ގޮތްތަކެއް އެމަނިކުފާނަށް އެނގިވަޑައިގެން ހުންނަވާ ކަމަށެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައި މިވަނީ، އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރަށްވާފައިވާ ދަނޑިވަޅެއްގައެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވެފައިވަނީ، ދިގު މުއްދަތަކަށް ބިން ދޫކޮށްގެން ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތަކުގެ އެއްބަސްވުންތަކަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ކަމަށެވެ. އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ގައުމުގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ މި އެއްބަސްވުމުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި ފާޑުވިދާޅުވެފައެވެ.
ރާއްޖޭގައި މި ބޮޑު މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުންޏަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ދުނިޔޭގެ ފެންވަރުގެ ކުންފުންޏެކެވެ. އޭގެ ތެރޭގައި އަބޫދާބީގެ ލުލު އައިލެންޑް ތަރައްގީކުރުމާއި، އަލްބޭނިއާގައި ކުރިއަށްގެންދާ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއުގެ އިތުރުން ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު