"މަޖުނޫން" ގެ ޓްރެއިލާ އާއި ލަވަ ރިލީޒްކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން، ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް
"މަޖުނޫން" ގެ ޓްރެއިލާ އާއި ލަވަ ރިލީޒްކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން، ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް
ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "މަޖުނޫން" ގެ ޓްރެއިލާގައި ހިމެނޭ "ޔާ ﷲ"، މި ކުރު ބަސްކޮޅުން އެކަނިވެސް މުޅި ފިލްމުގައި ފޮރުވިފައިވާ ފުން ވޭނާއި، ހިތާމައާއި، ޖަޒުބާތީ އަސަރުތައް ވަރަށް ފުރިހަމައަށް ހާމަވެގެން ދެއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ނަހުލާގެ މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރުމާއެކު، އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. ޓްރެއިލާ ބަލާލާއިރު ލޯބީގެ އަސަރުގަދަ ފުން މަންޒަރުތަކާއި، ވަރަށް ވަރުގަދަ ތްރިލާ މަންޒަރުތަކެއްވެސް ފެނިގެންދެއެވެ. މި މަންޒަރުތަކުން ފިލްމުގެ ފުރިހަމަކަން ވަރަށް ބޮޑަށް އެނގިގެންދެއެވެ. ޓްރެއިލާ ފެށޭއިރު އިވެނީ ފިލްމުގެ ލީޑު ތަރި އަހްމަދު ޝާރިފްގެ ހިތްދަތި، އަސަރުން ފުރިގެންވާ އަޑުން ކިޔާ ޅެންބައިތެކެވެ. އަދި ޓްރެއިލާ ނިމިގެންދާއިރު އިވިގެންދަނީ، ބެލުންތެރިންގެ ހިތްތައް ކަތިލާ ފަދަ ގޮތަކަށް ލީޑު ތަރި މަރިޔަމް ޝިފާގެ ދުލުން ބޭރުވާ އެ އަސަރުގަދަ "ޔާ ﷲ" މި ބަސްތަކެވެ.

ދިވެހި ފިލްމީ ދާއިރާގައި ނަންވިދާ ތަރިއެއް ކަމަށްވާ ސުނީތާވެސް "މަޖުނޫން" ގެ ޓްރެއިލާ ބަލާލުމަށްފަހު ބުނެފައި ވަނީ، ޓްރެއިލާގައި ހިމެނޭ މި ބަސްތަކުންވެސް ފިލްމުގެ ފުން އަސަރު ވަރަށް ބޮޑަށް ހާމަވެގެން ދާކަމަށެވެ. މިއީ ވަރަށްވެސް ބޮޑު ހަގީގަތެކެވެ.

މުޅި ޓްރެއިލާއިން ފެނިގެންދަނީ ލޯބީގެ ރަހަތަކާއި، ހިތްފަޅައިގެންދާ ފަދަ ހިތާމަވެރި އަދި އެހާމެ ވަރުގަދަ ޖަޒުބާތީ މަންޒަރުތަކެކެވެ. މީގެ އިތުރުން ގައިން ހީބިހި ނަގުވައިލާ ފަދަ ތުރިލާ މަންޒަރުތައްވެސް ފެނިގެންދާއިރު، މި މަންޒަރުތަކުން ފިލްމުގެ ފުރިހަމަކަން ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.



މި ފިލްމުގައި ހިމެނޭ ތަރިންގެ ފަރާތުން ފެންނަނީ އެކްޓިންގެ މުޅިން ތަފާތު "އެހެން ލެވެލް" އެކެވެ. ޓްރެއިލާއިން ދައްކައިދޭ އެކި ކަހަލަ ޖަޒުބާތުތައް ތަރިން ކުޅެދީފައިވަނީ އިންތިހާއަށް ހުނަރުވެރިކަމާއި ފުރިހަމަކަމާއެކުގައެވެ.

އަސަރުގަދަ ލޯބީގެ ފުން ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "މަޖުނޫން" ބަލާލުމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު، މި ފިލްމުގެ ޓިކެޓު ބުކިން މިހާރު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ. ބުދަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ބުކިން ހުޅުވާލުމާއެކު، ވަރަށް ބާރު ސްޕީޑެއްގައި ޓިކެޓުތައް ބުކްވަމުން އަންނަ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ. ފިލްމުގެ ސީޓު ކަށަވަރު ކުރުމަށްޓަކައި 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ޓިކެޓު ބުކް ކުރެވޭނެ އެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓް އިން އަސަރުގަދަ ލޯބީގެ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޯބަރު 2026 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް