މާލޭގެ ސޯސަންމަގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދަނިކޮށް ނިޔާވީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފެއް ކަން ހާމަވެއްޖެއެވެ.
ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މި އެކްސިޑެންޓުގައި ލިބުނު ބޮޑެތި ގެއްލުންތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ، އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރުގެ މަގާމުގައި ހުރި ޢާއިޝަތު މާހިދާއެވެ. މި ހާދިސާގައި އޭނާގެ މޫނުމަތީގެ ކަށިތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުގައި އޭނާގެ ބޮލުގެ ސާޖަރީއެއް ވެސް ވަނީ ކޮށްފައެވެ.
މާހިދާ ކުއްލި ގޮތަކަށް ވަކިވެދިޔުމާ ގުޅިގެން، މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކޮށްފައެވެ. މާހިދާ އިމިގްރޭޝަންގެ ޚިދުމަތާ ގުޅުނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ކަމަށްވުމުން، އެ އިދާރާގައި އޭނާ ޚިދުމަތްކުރީ ގާތްގަނޑަކަށް ނުވަ މަސްދުވަހުއެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، މި ކުރު މުއްދަތުގެ ތެރޭގައި ވެސް މާހިދާގެ ފަރާތުން ފެނިގެންދިޔައީ ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެކެވެ. އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރެ، އޭނާ ކޮށްދިން އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެ އިދާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މާހިދާގެ ކުއްލި ވަކިވުމަކީ މުޅި އިމިގްރޭޝަންގެ ހުރިހާ މުވައްޒަފުންނަށް ވެސް ލިބުނު ފުން ހިތާމައެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މާހިދާގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.
މިދިޔަ އާދިއްތަ ދުވަހުގެރޭ ދަންވަރު ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. އޭގެ ތެރޭގައި ނިޔާވި އަންހެން މީހާގެ އިތުރުން، އޭނާ އިން ސައިކަލު ދުއްވި 22 އަހަރުގެ ފިރިހެނަކާއި އަނެއް ސައިކަލު ދުއްވި ތ. ދިޔަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަން ހިމެނެއެވެ. މިއެކްސިޑެންޓްގައި 22 އަހަރުގެ ފިރިހެންމީހާ އަށް އައިޖީއެމްއެޗް ހޮަސްޕިޓަލުގައި ފަރުވާ ދީފައިވާއިރު އޭނާގެ ހާލަތު ނާޒުކު ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ މާހު ހަސަން ވަނީ ކޯޓު އަމުރެއްގެ ދަށުންހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި މާހު އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. އަދި އޭނާ އެ ވަގުތު ސައިކަލު ދުއްވާފައިވަނީ އާންމުންގެ ރައްކާތެރިކަމަށް ނުބަލައި، ބާރު ސްޕީޑުގައި ޒިގްޒެގް ކޮށެވެ. މީގެއިތުރުން، ލައިސަންސް ނެތި ސައިކަލު ދުއްވައިގެން މިއަހަރު ތެރޭގައިވެސް 4 ފަހަރެއްގެ މަތިން އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު