ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަނާ ބެހޭ ވަޒީރު ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން، ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރުނު 'ޓޫރިޒަމް ޑޭ ސަޕްލިމެންޓް 2026' ގައި ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަނާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މި ޝިއާރުން ރަމްޒުކޮށްދެނީ މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރު މިސްރާބު ޖަހާފައިވާ ދިމާ ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދުގެ މައިބަދައަކީ އަދި ގައުމީ ތަރައްގީގެ މައި ބިންގަލަކީ ވެސް ފަތުރުވެރިކަން ކަމުގައި އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި ޒަމާނުގައި ފަތުރުވެރިން ދަތުރުތައް ރާވައި، އަޅައިކިޔައި އަދި ބުކިންތައް ހަދަމުން ދަނީ ޑިޖިޓަލް ޕްލެޓްފޯމްތަކާއި އޭއައިގެ އެހީގައި ކަމަށެވެ. އަދި މިފަދަ ޒަމާނީ ޓެކްނޮލޮޖީތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުތަކުގައި ތިބޭ ފަތުރުވެރިންނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ގާތްވެ، ފަތުރުވެރިންގެ ޑިމާންޑް ހުންނަ ގޮތް ވިޔަފާރިތަކަށް ވަރަށް ސާފުކޮށް ދެނެގަނެވޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު، ފަތުރުވެރިކަމުގެ މަރުކަޒުތަކުން ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް މި ޓެކްނޮލޮޖީގެ ސަބަބުން ބޮޑެތި ފުރުސަތުތަކެއް ފަހިވާކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ، "އެންމެ ދުރު އަތޮޅެއްގައި ހިންގާ ވިޔަފާރިއަކަށް ވެސް، އެންމެ ބޮޑު ރިސޯޓެކޭ އެއްފަދައިން ފަތުރުވެރިންނާ ހަމައަށް ވާސިލުވުމުގެ ފުރުސަތު ޑިޖިޓަލް ޕްލެޓްފޯމްތަކުން ފަހިކޮށްދޭ،" ކަމަށެވެ. އަދި މި ޕްލެޓްފޯމްތަކުގެ އެހީގައި ރަށްރަށުގެ ގެސްޓްހައުސްތަކަށް އާ ބާޒާރުތަކަށް ވަނުމުގެ މަގުފަހިވެ، ސައްހަ މައުލޫމާތުގެ އަލީގައި ވިޔަފާރިތައް ރޭވުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ޑިޖިޓަލައިޒޭޝަންގެ މަންފާ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް ލިބުމުގެ ބަދަލުގައި، މުޅި ސިނާއަތަށް އޭގެ ފައިދާ ހަމަހަމަކަމާއެކު ފޯރުކޮށްދިނުން ކަމަށް އަމީން ވިދާޅުވިއެވެ. މިގޮތުން، ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް ހަރުދަނާކޮށް، ލައިސަންސް ދިނުމާއި ގަވާއިދުތަކަށް އަމަލުކުރުމާއި ރިޕޯޓު ކުރުމުގެ ނިޒާމުތައް ޒަމާނީ ކުރުމުގެ އިތުރުން، ދިވެހިންގެ ޑިޖިޓަލް ހުނަރުތައް ތަރައްގީ ކުރުމަށް އެ ވުޒާރާއިން އިންވެސްޓު ކުރަމުންދާކަން އެ މަނިކުފާނު ހާމަކުރެއްވިއެވެ.
ހަމައެހެންމެ މިސަރުކާރުން ފަތުރުވެރިކަމާއި ސިވިލް އޭވިއޭޝަން އެއް ވުޒާރާއެއްގެ ދަށަށް ގެނައުމާ ގުޅިގެން، ދަތުރުފަތުރުގެ ގުޅުންތަކަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ވައިގެ ބަނދަރުތަކަށާއި، ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ އިތުރުން ފަސިންޖަރުންގެ ނިޒާމުތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް އައުން އަވަސްކޮށް ފަސޭހަކުރުމާއެކު، ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތަކަށް ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުން ކަމަށް އަމީން ވިދާޅުވިއެވެ. ހަމައެއާއެކު، ރާއްޖޭގެ ނާޒުކު ގުދުރަތީ ތިމާވެށި ހިމާޔަތްކުރުމަށް ވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދަންޖެހޭކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
"ރާއްޖޭގެ ފަތުރުވެރިކަން އަބަދުވެސް ސިފަކޮށްދޭ މެހެމާންދާރީއާއި އިންސާނީ ވިސްނުމަށް އެހީތެރިވެދޭ ނަމަ، ޓެކްނޮލޮޖީގެ އެންމެ ފުރިހަމަ ބޭނުން މި ސިނާއަތަށް ހިފޭނެ." ވަޒީރު އަމީން ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބިނާކުރެއްވި އިސް ބޭފުޅުންނާއި، ސިނާއަތުގެ ހުރިހާ ބައިވެރިންގެ އިތުރުން، މި ދާއިރާ ދެމެހެއްޓުމަށްޓަކައި ދެގޮތެއްނުވެ ބުރަ މަސައްކަތްކުރާ އެތައް ހާސް ދިވެހި މުވައްޒަފުންގެ އަގު ވަޒަންކުރައްވާފައެވެ. އަދި މިހާތަނަށް އެސިނާއަތް ގެނެސްދިނުމަށް މަސައްކަތް ކުރި ޖޯޝުގައި މި އާ ބާބާ ކުރިމަތިލުމަށް އެންމެހައި ފަރާތްތަކަށް ވަޒީރު ވަނީ ހިތްވަރު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު