ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ އެކު ވެވުނު 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް އެއްވެސް ކަހަލަ ޓެކްސް ލުޔެއް ނުދޭނެ ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ބޭއްވި ހަފުލާއެއްގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު މުއްތަލިބު ސޮއިކުރެއްވި މި މަޝްރޫއަކީ ރަސްމާލޭގައި ފެންވަރު ރަނގަޅު ވޯޓާ ފްރަންޓް މެރީނާއަކާއި ރިއަލް އެސްޓޭޓްގެ ބޮޑެތި އިމާރާތްތަކެއް އެޅުމަށް ރޭވިފައިވާ ބިޔަ މަޝްރޫއެކެވެ. މި އެއްބަސްވުމުގައި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލްއައްބާރެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަޝްރޫއުގެ ތެރެއިން ހިންގާ އެންމެހައި ވިޔަފާރިތަކުން ވެސް ޓެކްސް ނަގަމުންދާނީ ރާއްޖޭގައި އަމަލުކުރަމުންދާ އާންމު ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެހެންކަމުން މި މަޝްރޫއަށް އެއްވެސް ބާވަތެއްގެ "ޓެކްސް ހޮލިޑޭ" އެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މި މަޝްރޫއާ ގުޅިގެން ހިންގާ މާލީ މުއާމަލާތްތައް ދިވެހި ބޭންކިންގ ނިޒާމުގެ ތެރޭގައި ހިފެހެއްޓުމަށް ހާއްސަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން މަސައްކަތްތެރިންނާއި މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ފައިސާ ދެއްކުން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމާއި، އިމާރާތްތައް ވިއްކައިގެން ލިބޭ ފައިސާ ރާއްޖޭގައި ގާއިމުކުރާ އެސްކްރޯ އެކައުންޓުތަކަށް ޖަމާކުރަން ޖެހޭނެ އެވެ.
މި މަޝްރޫއުގެ ސަބަބުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވިއްކާ ތަންތަނުގެ އަގުން 10 އިންސައްތަ އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 4 އިންސައްތަ ސަރުކާރަށް ލިބޭނެ ކަމަށެވެ. ޓެކްސްތަކާ އެކު މުޅި މަޝްރޫއުން ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އާމްދަނީ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ހަމައެއާއެކު، ބިމުގެ މިލްކުވެރިކަން ދައުލަތަށް ގެއްލިގެން ނުދާނެ ކަމަށާއި، ދޫކުރެވެނީ ގާނޫނުއަސާސީގެ އިމުގެ ތެރެއިން ކުއްޔަށް ދިނުމުގެ އުސޫލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު