ރާއްޖޭގެ ސްްޕްރީމް ކޯޓު ހުންނަ އިމާރާތް
ރާއްޖޭގެ ސްްޕްރީމް ކޯޓު ހުންނަ އިމާރާތް
ބ. ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ނަސޭހަތްދީ، ތަމްރީނެއް ފުރިހަމަކުރަން އަންގަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފު ސަލާމް ބުނުމުގެ އުސޫލާ ހިލާފަށް ސަލާމް ބުނާ ކަމަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން ބެލި ބެލުމުން އޭނާ ފަނޑިޔާރުކަމުގެ މައްސޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ގާނޫނު އަސާސީގެ 151 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ މިއަހަރުގެ 29 ވަނަ ބައްދަލުވުމުގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ކޮމިޝަނުގެ އަށް މެންބަރުން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އިތުރު ކަންތައްތަކުގެ މަޢުލޫމާތު ޖޭއެސްސީން ހާމަ ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން