ކޯވިޑް-19 އާާާއި ގުޅިގެން ބޭނުން ކުރާ ކަރަންޓީން ފެސިލިޓީއެއް
ކޯވިޑް-19 އާާާއި ގުޅިގެން ބޭނުން ކުރާ ކަރަންޓީން ފެސިލިޓީއެއް
ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް ޓެގް ޓީމުގެ އިރުޝާދާއެކު ނެގި އެންމެ މުހިއްމު ފިޔަވަޅަކީ ބޭރުން އަންނަ އެންމެން ކަރަންޓީން ކުރުން ކަމުގައި ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ މިގޮތުން އެޅުނު ފިޔަވަޅު ތަކުގެ ތެރެއިން 14 ދުވަސް ފަހުން ޓެސްޓު ކުރުމަށް ނިންމި ނިންމަކީވެސް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އެއީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއްކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. މިހާތަނަށް ރާއްޖޭން ބޭރުން އައި މީހުންގެ ތެރެއިން ފަސް މީހުން ކަރަންޓީން ފެސިލިޓީގައި ތިއްބާ ޕޮޒިޓިވް ވެފައިވާ ކަމަށާއި، މި މީހުން މުޖުތަމައަށް ދޫވިނަމަ ބަލި ފަތުރާ ފަސް މީހުންނަށް އެމީހުން ވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ކުރެވުނު ތަޖުރިބާ ތަކަށް ބަލާއިރު ބޭރުން އަންނަ މީހުން ކަރަންޓީން ނުކުރިނަމަ މާލޭގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެހެންވީމާ އެ ނިންމުމަަށް ބަދަލު ގެނެވެން ނެތް ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ. "މިކަން ސްކޫލުތަކުގެ ހޯލު ނަގައިގެން ވެސް ކުރެވޭނެ. ދެވަނަ ގޮތަކީ ރިސޯޓުތައް، މިހާރު ބޭނުންކުރަމުން އަންނަ ގޮތަށް ކުރުން. ރިސޯޓު ފެސިލިޓީ ލިބުމުގައި އަދި ދައްޗެއް ނެތް. ރާއްޖެ އަންނަން ބޭނުން އެންމެން ގެންނަން ބަޖެޓް އެބައޮތް." މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19 އާއި ގުޅިގެން މިހާތަނަށް ރާއްޖެއިން ބޭރުން 1500 ވަރަކަށް މީހުން ރާއްޖެ ގެނެސްފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި ރާއްޖެ އައުމަށް އެދި 8000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި، އެހެން ނަމަވެސް އެންމެން އެއްފަހަރާ ގެނެވޭނެ ގޮތެއް ނެތް ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންކަމުން މީހުން ރާއްޖެ ގެންނާނީ ކަރަންޓީން ފެސިލިޓީތައް ހުސްވާ މިންވަރަކަށް ބެލުމަށް ފަހުކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 20 މީހަކު ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސެކެވެ. ޕޮޒިޓިވްވި ދެ މީހަކު ރާއްޖެއިން ބޭރަށް ގޮސްފައިވާއިރު 14 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން