އާސަންދަ ސްކީމްގެ ދަށުން އިންޑިއާއަށް ބޭސް ފަރުވާކުރަން ގޮސް ތިބި މީހުންގެ ތެރެއިން 152 ދިވެހިން މާދަމާ ބާއްވާ ފްލައިޓުން ރާއްޖެއަށް ގެންނަން ނިންމައިފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާދަމާ އިންޑިއާއިން ރާއްޖެއަށް އަންނަ ފްލައިޓުގައި 152 ދިވެހިން ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދިވެހިން ގެންނަނީ އިންޑިއާގެ ބެންގަލޫރުންނާއި ކޮޗިނުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މާދަމާ ރާއްޖެއަށް ގެންނަ ދިވެހިންގެ ތެރޭގައި ހިމެނެނީ އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ގޮސްތިބި ބަލި މީހުންނާއި ބަލި މީހާގެ އެހީތެރިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު