ޓޫރިޒަމް މިނިސްޓަރު އަމީން، ރިސޯޓް އޯނަރުންނާއެކު؛ ފޮޓޯ މިހާރު
ޓޫރިޒަމް މިނިސްޓަރު އަމީން، ރިސޯޓް އޯނަރުންނާއެކު؛ ފޮޓޯ މިހާރު
ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން، ރާއްޖޭގެ ރިސޯޓް އޯނަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ ވެލާނާގޭގެ ޢިމާރާތުގައި ހުންނަ ޓޫރިޒަމް މިނިސްޓްރީގައި މިއަދު މެންދުރު 12:30 ހާއިރެވެ. މި ބައްދަލުވުމުގައި ކްރައުން ކުންފުނީގެ ޗެއާޕާސަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ޗަމްޕާ ޙުސައިން ޢަފީފާއި، ސަން ޝިޔާމް ގުރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝިޔާމްގެ އިތުރުން، ވިލާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު ޤާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދު ޤާސިމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ރަސްމީކޮށް މަޝްވަރާކުރެއްވި ވަކި ކަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ނަމަވެސް، މި ބައްދަލުވުން ކުރިއަށް ގޮސްފައި މިވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީ (ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކުސް) އޮނިގަނޑަށް ގެންނަން ނިންމާފައިވާ ބަދަލުތައް މުރާޖަޢާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. މި އުޞޫލު ތަންފީޒުކުރުމާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ޙިއްޞާދާރުންނާއި ޓްރެވަލް އެޖެންޓުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރެއްވުމަށްފަހު، މި އޮނިގަނޑަށް ބަދަލުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު