ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ އައްޑޫ ސިޓީގެ އިބްރާހިމް ރަޝީދު (އަބުޗާ) މިނިވަން ކޮށްފިއެވެ. އޭނާ މިނިވަންކޮށްފައި ވަނީ، ޕްރޯލް ބޯޑުން ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ނިންމުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެވެ.
ފުލުހުން ކުރިން ތުހުމަތު ކޮށްފައިވަނީ އިބްރާހިމް ރަޝީދަކީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތް ކަމަށެވެ. މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން، 2020 ވަނަ އަހަރު ތެރޭ އިބްރާހިމް ރަޝީދު ހައްޔަރުކޮށްފައި ވަނީ، ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ ޑްރަގު އެތެރެކުރި މައްސަލައެއްގަ އެވެ.
ފުލުހުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައަމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ޑްރަގާ އެކު އަބުޗާ އަތުލައިގަތީ ކަނޑުމަތިންނެވެ. އަދި މި މައްސަލައިގައި ކުށް ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވަނީ، މިދިޔަ އަހަރުގެ މެއި މަހު 20 ވަނަ ދުވަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.
އިބްރާހިމް ރަޝީދުގެ މައްޗަށް ދައުލަތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލީ، ނޮވެމްބަރު 2020ގަ އެވެ. އޭނާ މި ދައުވާތަކަށް އިއުތިރާފުވެ، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއްގައި އޭރު ސޮއިކުރިއެވެ. އެ އެއްބަސްވުމުގެ ދަށުން އަދަބު ލުއިކުރީ 25 އަހަރަށެވެ. އަދި ކޯޓުން ހުކުމްކުރީ އެއްބަސްވުމުގައިވާ ގޮތަށް 25 އަހަރަށް ޖަލަށް ލުމަށެވެ.
އެހެންނަމަވެސް، އޭނާ މިހާތަނަށް ޖަލުގައި ހޭދަކޮށްފައިވަނީ ފަސް އަހަރެއްހާ ދުވަހެވެ. އެހެންކަމުން ހުކުމްގެ ބާކީ 20 އަހަރު އަދިވެސް އޮތްއިރު ޝަރުތުތަކަކާއެކު ޖަލުން މިނިވަންކޮށްފައި ވަނީ ޕެރޯލްގެ ދަށުންނެވެ. ޕެރޯލް ބޯޑަކީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސް އުފައްދާ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ޕެރޯލްގެ ދަށުން އިބްރާހިމް ރަޝީދު ދޫކޮށްލިކަން ރަސްމީ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު