ރިސޯޓް އޯނަރުންނާއެކު މިނިސްޓަރުން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން--
ރިސޯޓް އޯނަރުންނާއެކު މިނިސްޓަރުން ބޭއްވެވި ބައްދަލުވުމުގެ ތެރެއިން--
ފަތުރުވެރިކަމުގައި ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ރިސޯޓް އޯނާރުންނާ މިނިސްޓަރުން މަޝްވަރާކުރިކަމަށް މިނިސްޓްރީން ބުނެފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވީ ވެލާނާގޭގެ ޢިމާރާތުގައި ހުންނަ ޓޫރިޒަމް މިނިސްޓްރީގައި މިއަދު މެންދުރު 12:30 ހާއިރެވެ. މި ބައްދަލުވުމުގައި ކްރައުން ކުންފުނީގެ ޗެއާޕާސަން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ޗަމްޕާ ޙުސައިން ޢަފީފާއި، ސަން ޝިޔާމް ގުރޫޕްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝިޔާމްގެ އިތުރުން، ވިލާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު ޤާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދު ޤާސިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އަމީންއާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމްއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއެކު ބާއްވަމުންދާ "އިންޑަސްޓްރީ ޑައިލޮގް"ގެ ތެރެއިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކޮށް 2027އަށް ކަނޑައަޅާފައިވާ ޓާގެޓްއަށް ވާސިލުވުމާއި އަދި ފަތުރުވެރިކަމުގައި ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ރިސޯޓް އޯނާރުންނާ މަޝްވަރާކުރި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި ރިސޯޓް އޯނަރުންގެ ލަފާގެ މަތިން މުހިންމު ލަނޑުދަނޑިތަކަށް އެއްބަސްވި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާ ގާތުން ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުން ކުރިއަށް ގޮސްފައި މިވަނީ، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީ (ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކުސް) އޮނިގަނޑަށް ގެންނަން ނިންމާފައިވާ ބަދަލުތައް މުރާޖަޢާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ. މި އުޞޫލު ތަންފީޒުކުރުމާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ޙިއްޞާދާރުންނާއި ޓްރެވަލް އެޖެންޓުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ރިޢާޔަތްކުރެއްވުމަށްފަހު، މި އޮނިގަނޑަށް ބަދަލުތަކެއް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު