މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026" ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކުރުމަށްޓަކައި މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ޚާއްޞަ ހަފުލާއެއް ވަނީ ބާއްވާފައެވެ. މި ހަފުލާގައި މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން އެމްޑީ އަޙުމަދު ސަޢުދީ ވަނީ، ޕްރޮގްރާމްގެ ހުރިހާ ބައިވެރިންވެސް މި ލިބުނު އަގުހުރި ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކުންފުންޏަށާއި މުޖުތަމަޢަށް، އަދި ޤައުމަށް ބޭނުންތެރި، ހުނަރުވެރި ބަޔަކަށް ވުމަށްޓަކައި ވަރުބަލިކަމެއް ނެތި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަށް އޭނާ ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.
ހުނަވަރު ޕްރޮގްރާމަކީ ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ވަޒީފާގެ ބާޒާރަށާއި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތައް ތަރައްޤީކޮށްދިނުމުގެ މަތިވެރި މަޤްޞަދުގައި އެމްޓީސީސީން ސިލްސިލާކޮށް ކުރިއަށްގެންދާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެކެވެ. މިއީ ތަޢުލީމީ އަދި ޢަމަލީ ތަޖުރިބާގެ އިތުރުން، ތަޖުރިބާކާރު ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ ޢަމަލީ މާޙައުލުގައި ހުނަރު ދަސްކޮށްދިނުމަށް އެކުލަވާލެވިފައިވާ ޕްރޮގްރާމެއް ކަމަށް އެކުންފުނިން ބުނެއެވެެ.
އެމްޓީސީސީން މައުލޫމާތުދޭގޮތުގައި މިފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 14 ދާއިރާއަކުން ފުރުޞަތު ހުޅުވާލައިގެންނެވެ. މިއީ މި ޕްރޮގްރާމް ތަޢާރަފުކުރެވުނު ފަހުން މިހާތަނަށް އެންމެ ގިނަ ދާއިރާތަކުން ފުރުޞަތު ފަހިކޮށްދެވުނު ފަހަރުކަން އެކުންފުނިން ފާހަގަކުރެއެެވެ. މިގޮތުން އެކި ދާއިރާތަކުން ހޮވުނު ޒުވާނުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، މި ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް މާލީ ގޮތުން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ކޮންމެ ބައިވެރިއަކަށް މަހަކު -/8،000 (އަށްހާސް) ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާ ފަރާތްތަކަށް އެމްޓީސީސީގެ ދާއިމީ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ މިފަހަރުގެ ހުނަވަރު ޕްރޮގުރާމަށް އެކި ދާއިރާތަކުން 56 ބައިވެރިން ހޮވިފަައިވާ ކަމަށެވެ. އެމްޓީސީސީގެ އަމާޒަކީ މިފަދަ ގިނަ ފުރުސަތުތަށް ރައްޔިތުންނަށް ފަހިކޮށްދީ ވީހާވެސް ގިނަ ދިވެހި ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުން ކަމަށް އެކުންފުނިން ބުނެއެވެ. އަދި މަސައްކަތުގެ މައިދާނަށް ބޭނުންވާ ފަންނާއި ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަކީ ޤައުމީ ކަމެއްގެ ގޮތުގައި ދެކި އެފަދަ ފުރުސަތުތަށް މުޖުތަމަޢު ފަހިކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ވެސް އެމްޓީސީސީން ވަނީ ދީފައެވެ.

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް" 2026 ފަށައިފި
— MTCC Plc (@MTCCPlc) October 5, 2026
ޕްރެސް ރިލީޒް:https://t.co/KoNw5LmpC0 pic.twitter.com/oxADhNEzWI

ކިޔުންތެރިންގެ ހިޔާލު