ރަސްމާލޭގައި "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢު ހިންގުމަށް ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން، އެ މަޝްރޫޢު ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އެ ކުންފުންޏަށް ލިބިފައިވާތީ އިދިކޮޅު ފަރާތްތަކުން ޖެހިލުންވާ ކަމަށް ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަހްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ތަރައްޤީ ކުރުމަށް ރާވާފައިވާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ކޮމާޝަލް ޓަރމްސް އެކުލަވާލުމަށް، ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އީގަލް ހިލްސް" އާ ދިވެހި ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަދި ކުރީގެ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ، މި މި ޕްރޮޖެކްޓުން ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ވާނެ ފައިދާ ސިޔާސީ ފަރާތްތަކަށް އެނގޭތީ ސިޔާސީ ލީޑަރުން އެކަމާއި މެދު ބިރުގަންނަ ކަމަށެވެ. އަދި މިފަހަރު މި މަސައްކަތާ ހަވާލުވެގެން އުޅޭ އީގަލް ހިލްސްއަކީ މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ފުރިހަމަ ޤާބިލުކަން ހުރި ކުންފުންޏެއްކަން އިދިކޮޅު ފަރާތްތަކަށް ވެސް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން މި މަޝްރޫޢު އައްޑޫ އަށް ގެންދަންޖެހޭ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވަމުން މަޙްލޫފް ވިދާޅުވީ، މަޝްރޫޢުގެ ނިޔަތާމެދު ނުވަތަ މަޝްރޫޢުގެ ކޮލިޓީއާމެދު މައްސަލައެއް ނެތް ކަމަށާއި، ޚިޔާލު ތަފާތުވުން އަންނަނީ ހަމައެކަނި އެ ތަން ރަސްމާލޭގައި އޮތުމުން ކަމަށެވެ.
މިމަޝްރޫޢާ ގުޅޭގޮތުން ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން މަޙްލޫފް ވިދާޅުވީ، މުސްލިމު ޤައުމެއްގެ ބަޔަކު ކުރާ ކަންކަމާ ގުޅުވައިގެން މި ސަރުކާރަށް ޔަހޫދީންނާ ނުވަތަ އިޒްރޭލާ އެއްގޮތްކޮށް ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުން އޮތީ އިޒްރޭލާ ދެކޮޅަށް ވަރަށް ސާބިތުކަމާއެކު ފިޔަވަޅު އަޅާފައި ކަމަށް ވިދާޅުވެ މަޚުލޫފް ވަނީ އެކަމުގެ ހެކި ދައްކަވާފައެވެ.
ރަސްމާލޭގައި ތަރައްގީކުރުމަށް އީގަލް ހިލްސްއިން ނިންމާފައިވާ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބެން ހަމަޖެހިފައިވަނީ އެ ތަނުގައި އަޅާ ކޮމާޝަލް ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތައާއި، އެޕާޓްމަންޓުތައް ވިއްކައިގެން ލިބޭ އާމްދަނީގެ 4 އިންސައްތައެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި، ރަސްމާލޭގައި އިމާރާތްކުރާ ތަންތަން ވިއްކައިގެން އަންނަ 10 އަހަރުގެ ތެރޭގައި ދައުލަތަށް 3 ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު