ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ފްލެޓް ސަރަހައްދުގެ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެއެވެ. މިއަދު މެންދުރުފަހު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އަމާން އުދަރެސްގެ 8 ވަނަ ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ގޮސް ފުލުހުން ދަނީ ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:26 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
"މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއިންނެވެ." ފުލުހުން ބުނެފައިވެއެވެ.
އެސަރަޙައްދުގައި ހުރި މީހަކު "ރަސް" އޮންލައިނަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އުސް ތަނަކުން ވެއްޓުމުގެ ސަބަބުން އެމީހާގެ ބޯ މެދުން ދެފަޅިވެ، ހަށިގަނޑުގެ ބައެއް މަސްކޮޅުތައް އެ ސަރަހައްދުގެ އެކި ތަންތަނަށް ބުރައިގެން ގޮސްފައިވާ ކަމަށެވެ.
ފުލުހުން ދާދި ދެންމެއަކު ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު