އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގޭ ރިއަލް އެސްޓޭޓް ޑިވެލޮޕަރ، އީގަލް ހިލްސް އިން ސީރިއާގެ އެކި ސަރަޙައްދުތަކުގައި ރެސިޑެންޝަލް އަދި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫޢުތަކެއް ހިންގުމަށްޓަކައި އެ ގައުމުގެ މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ހައުސިންގް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ސީރިއާގެ ވެރިރަށް ދިމިޝްޤުގައި ތަރައްޤީކުރާ "ދިމިޝްޤު ހައިޓްސް" އަދި މެޑިޓަރޭނިއަން ކަނޑުގެ އައްސޭރިފަށުގައިވާ ލަޓަކިޔާ ގައި ތަރައްޤީކުރާ "ލާޛިޤިއްޔާ ޔޮޓްސް އެންޑް މެރީނާ" މަޝްރޫޢެވެ.
މި ދެ މަޝްރޫޢުގެ އަމަލީ މަސައްކަތާއި ތައްޔާރީތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
ދިމިޝްޤު ހައިޓްސް އަކީ މީހުން ދިރިއުޅޭ އިމާރާތްތަކާއި، ވިޔަފާރިތަކާއި، ފިހާރަތަކުގެ އިތުރުން ސްކޫލްތަކާއި، ސިއްޙީ ހިދުމަތްދޭ ތަންތަނާއި ހައްދާފައިވާ ފަޒާ މައިޒާންތައް ހިމެނޭހެން ތަރައްޤީކުރެވޭ އެކުވި އަވަށެކެވެ.
މީގެ އިތުރުން "ލާޛިޤިއްޔާ ޔޮޓްސް އެންޑް މެރީނާ" މަޝްރޫޢަކީ އައްސޭރިފަށުގައި މެރީނާއަކާއެކު ތަރައްޤީކުރެވޭ ތަނަކަށްވާއިރު، މީގެ ތެރޭގައި ރެސިޑެންޝަލް ހައުސިންގް، ހޯޓާތައް، ބްރޭންޑެޑް ރެސިޑެންސްތައް އަދި މުނިފޫހިފިލުވުމުގެ އެކި ވަސީލަތްތައް ހިމެނޭނެއެވެ.
އީގަލް ހިލްސްގެ ބާނީ މުޙައްމަދު އަލާއްބާރު ވިދާޅުވީ، ސީރިއާގައި އިންވެސްޓްކުރަނީ އެ ގައުމުގެ އިޤްތިޞާދީ ކުރިއެރުމާއި ރައްޔިތުންގެ ޤާބިލުކަމަށް އިތުބާރުކުރާތީ ކަމަށެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ސީރިއާގެ ޢިމާރާތްކުރުމުގެ ދާއިރާއާއި، ފަތުރުވެރިކަމާއި، ޚިދުމަތްތަކުގެ ދާއިރާއިން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
އަދި ސީރިއާގެ ކޮންޓްރެކްޓަރުންނާއި، ތަކެތި ފޯރުކޮށްދޭ ފަރާތްތަކަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މި މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ފުރުޞަތު ސީރިއާގެ އެތެރޭގައާއި ބޭރުގައި ދިރިއުޅޭ ސީރިއާގެ ރައްޔިތުންނަށް އީގަލް ހިލްސް އިން ވަނީ ހުޅުވާލާފައެވެ. އަދި އިންވެސްޓްމަންޓް ފުރުޞަތުތަކުގައި ޤާބިލު ސީރިއާގެ ފަރުދުންނަށާއި، ވިޔަފާރިތަކަށާއި މުއައްސަސާތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު