މާލެ، ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ، މީހުން ރަހީނުކޮށް ފައިސާ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބަނަފްސާ މަގުގައި ހުންނަ "ގ. ޑްރީމް އޮފް ގާޑަން" ކިޔާ ގޭގައެވެ. މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން އެ ގެއަށް ވަދެ، އެ ވަގުތު ގޭގައި ތިބި ދެ އަންހެނުންނާއި ފިރިހެނަކު ރަހީނުކޮށް، ވަޅިން ބިރުދެއްކުމަށްފަހު ތިން ލައްކަ ރުފިޔާ ފޭރިގަނެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުޤީޤުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު