ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައެއްގައި ފުލުހުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ގެ ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް، އާންމުންނަށް ބިރުވެރިކަން އިހުސާސްވާ ފަދަ ގޮތަކަށް ސައިކަލުގެ ކުރީ ފުރޮޅު ހިއްލައިގެން ދުއްވި 20 އަހަރުގެ ޒުވާނެއް ވަނީ ހިފަހައްޓާފައެވެ. އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން އެ އުޅަނދު ޓޯކޮށް ގަވާއިދާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން އެ މީހާ ޖޫރިމަނާވެސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިފަދަ ހާދިސާތައް ތަކުރާރުވަމުންދާއިރު، މީގެ ކުރިން ސިނަމާލެ ބުރިޖު މަތީގައި ސައިކަލެއްގެ މަތީގައި އޮށޯވެގެން އޮވެ ނުރައްކާތެރިކޮށް ދުއްވި މައްސަލައެއްގައި ވެސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އާ ޤާނޫނުގެ ދަށުން، މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް އުޅަނދު ދުއްވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކާއި ބޮޑެތި ޖޫރިމަނާތައް އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް