މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފޭސް 1 ގެ ދަށުން ތަރައްޤީކުރާ ފިންގަރ ޖެޓީތަކުގެ ކޮލަމް އިންސްޓޯލްކުރުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ކުރި އެކްސް (ޓްވިޓަރ) ޕޯސްޓެއްގައި ބުނެފައިވަނީ، ފިންގަރ ޖެޓީތަކުގެ ކޮލަމް އިންސްޓޯލްކުރުމުގެ މަސައްކަތުގެ އިތުރުން ރީއިންފޯސްމަންޓް އަދި ޝަޓަރިންގ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާ ކަމަށެވެ. މިއީ މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ޖެޓީތަކުގެ ތަރައްޤީގެ މަސައްކަތްތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މާލޭގެ އުތުރު ފަރާތު ތޮއްޖެހުން ކުޑަކޮށް، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހިންގާ މި މަޝްރޫޢުގެ ދަށުން، ޒަމާނީ ފެންވަރަށް ފިންގަރ ޖެޓީތައް ތަރައްޤީކުރެވިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް