ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އެކްސެލެރޭޓިންގ ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ" (އެރައިޒް) މަޝްރޫޢުގެ ދަށުން، 13 ރަށެއްގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިގެން ކުރިއަށްދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި މަޝްރޫޢަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.
އެރައިޒް މަޝްރޫޢުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުން މިހާރު ފަށާފައިވާ މި މަސައްކަތުގެ ތެރޭގައި ހަމައެކަނި އަވިން ހަކަތަ އުފެއްދުމެއް ނޫނެވެ. އޭގެ އިތުރުން، އެ ރަށްރަށުގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކޮށް އަޕްގްރޭޑް ކުރުމާއި، ކަރަންޓު ރައްކާކުރެވޭނެ ނިޒާމެއް ކަމަށްވާ ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ޤާއިމުކުރުން ވެސް ހިމެނެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މި ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު ސަބަބަކީ މަޝްރޫޢުގެ ސަބަބުން ރަށްރަށަށް ލިބިގެންދާނެ ކުރިއެރުންތަކާއި، އިރުގެ އަލިން ހަކަތަ އުފެއްދުމުން ތިމާވެށްޓަށާއި އިޤްތިޞާދަށް ކުރާނެ ފައިދާތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމެވެ. އަދި މަޝްރޫޢު ކުރިއަށްދާއިރު ރައްޔިތުންގެ މެދުގައި އުފެދިދާނެ ކަންބޮޑުވުންތަކާއި ޝަކުވާތައް ރަސްމީ އުސޫލުން ހުށަހެޅޭނެ ނިޒާމު (ގްރީވަންސް ރެޑްރެސް މެކޭނިޒަމް) އާ ބެހޭ މަޢުލޫމާތު ވެސް މި ސެޝަންތަކުގައި ވަނީ ޙިއްޞާކޮށްފައެވެ.
މި ސިލްސިލާގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ށ. ފުނަދޫގެ އިތުރުން ލ. މާބައިދޫ އަދި އެ އަތޮޅު ކުނަހަންދޫގައެވެ.
މި ބައްދަލުވުންތަކުގައި ކަމާގުޅޭ ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ފެނަކަ އަދި ސްޓެލްކޯ ފަދަ ޔުޓިލިޓީ ޚިދުމަތްދޭ މުއައްސަސާތަކުގެ އިސް ވެރިން ވަނީ ބައިވެރިވެފައެވެ. އަދި ބައްދަލުވުމަށް ހާޒިރުވި އާންމު ރައްޔިތުން ވަނީ އެ ފަރާތްތަކުގެ ހުރި ސުވާލުތައް ކުރިމަތިކުރުވައި، ބޭނުންވާ މަޢުލޫމާތު އޮޅުންފިލުވާފައެވެ. މި ބައްދަލުވުންތައް ނިންމާލާފައިވަނީ ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ފެހި ހަކަތަ ބޭނުންކުރާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަމާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު