ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ގްރީން ލޯނު ރަހުނަކާއި ނުލައި 5 ލައްކަ ރުފިޔާއާއި ހަމައަށް މިހާރު ލިބޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

އެކަން ހާމަކޮށް ބީއެމްއެލް އިން ނެރެފައިވާ ބަޔާނެއްގައި ވަނީ ތިމާވެއްޓާއި ރަށްޓެހި އިޔާދަ ކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް އެ ބޭންކުން ދޫކުރާ ގްރީން ލޯނު ރަހުނަކާއި ނުލައި މިހާރު 5 ލައްކަ ރުފިޔާއާއި ހަމައަށް ލިބޭނެ ކަމަށެވެ. އަދި ރަހުނަކާ ނުލައި ފަސްލައްކަ ރުފިޔާއާ ހަމަޔަށް ދޫކުރާ ގްރީން ލޯނު ތައާރަފްކުމުގެ ބޭނުމަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކުން އިޔާދަކުރަނިވި ހަކަތަ އަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެފައި ވެއެވެ.

އެގޮތުން ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 50،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމަޔަށް އެއްވެސް ރަހުނަކާ ނުލައި 12 އިންސައްތަ އިންޓަރެސްޓްގައި ގްރީން ލޯން ލިބޭނެ ކަމަށާއި، އަދި މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. މިއީ ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް 10 އިންސައްތަ އަށް ދަށް ކުރެވިފަވާ ކަމަށް އެ ބޭންކުން ބުންޏެވެ. ބީއެމްއެލްއިން ބުނީ މި ގޮތަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ 15 އިންސައްތަ އަމިއްލައަށް ހަރަދު ކުރަންޖެހޭނެ ކަމަށާއި، ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ ޑައިރެކްޓަރ މޫސާ ނިމާލް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް މި ގެނެވުނު ބަދަލުތަކާއެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

އަލީ

06-Nov-2020

ރަންގަޅު ނިންމުމެއް ވަރައް ތާއީދު


10

އުއްބެ

06-Nov-2020

ވަރައް ރަންގަޅު ނިންމުމެއް ތިދަނީ ވަރައް ރަންގަޅައް ކުރިޔައް ދިވެހި ބެންކް ކުރިޔައް ދިވެހި ރާއްޖެ



ޓްރެންޑިން