ބަނގުރަކުގެ ވިޔަފާރި ކުރި މައްސަލައިގަި މާފުށިން ހައްޔަރުކުރި މީހާ
ބަނގުރަކުގެ ވިޔަފާރި ކުރި މައްސަލައިގަި މާފުށިން ހައްޔަރުކުރި މީހާ
ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 8 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހދ. ކުޅުދުއްފުށި، ސަމޭދާން، އުމުރުން 23 އަހަރުގެ ނަބީހު ޢަބްދުއްރަޝީދެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އޮޕަރޭޝަނަކީ މާފުށީގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ ހަރަކާތެކެވެ. އެގޮތުން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ކޯޓު އަމުރެއްގެ ދަށުން ނަބީހު ހައްޔަރުކުރުމަށްފަހު، އޭނާ މާފުށީގައި ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު، އެ ގެއިން 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 8 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް