ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މެދު އުމުރުގެ އަންހެނަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ މ. ގޯބިލިގަސްދޮށުގެ، މާލެ، ސަލީމާ ސަލީމް (54އ) އެވެ.
ފުލުހުން ބުނީ، ސަލީމާ ސަލީމް ހޯދަމުންދަނީ އެންޓި-ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އޭނާގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
ފުލުހުން ވަނީ، މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށްޓަކައި 2026 އޮކްޓޫބަރު 26 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް، ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ސަލީމާ ސަލީމަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު