މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، މާލޭގެ ބަނދަރުތަކުން މުދާ އުފުލާ ލޮރީ ޑްރައިވަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ ޑްރައިވަރުންގެ އެދުމުގެ މަތިން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި، ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާން އަދި ރައްކާތެރި މާޙައުލަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެއިތުރުން، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި ޑްރައިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުން ބާއްވާފައި މިވަނީ، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ މަޤްޞަދުގައި، ދުވަހުގެ ވަކި ވަގުތުތަކެއްގައި ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދުފަހަރު ދުއްވުން މަނާކޮށް އިޤްތިޞާދީ ވުޒާރާއިން އައު އުޞޫލެއް އެކުލަވާލައި ޢާންމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މި އުޞޫލުގެ ދަށުން، ހެނދުނު 6:00 އިން 8:30 އަށް 350 ކިލޯއަށްވުރެ ބަރު މުދާ އުފުލާ އުޅަނދުފަހަރާއި، ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުތައް ބޮޑުތަކުރުފާނު މަގު ފިޔަވައި މާލެއާއި ހުޅުމާލޭގެ އެތެރޭގެ މަގުތަކުގައާއި، ސިނަމާލެ ބްރިޖާއި ހައިވޭގައި ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ހަމައެހެންމެ، ހެނދުނު 11:30 އިން މެންދުރުފަހު 1:30 އަށްވެސް ބޮޑުތަކުރުފާނު މަގު ފިޔަވައި، މާލޭގެ އެހެން މަގުތަކުގައާއި ބްރިޖު އަދި ހައިވޭގައި އެފަދަ އުޅަނދުތައް ދުއްވުން މަނާވާނެއެވެ. މީގެއިތުރުން، ސްކޫލް ކިޔަވައިދޭ ދުވަސްވަރު، ސެޝަންތައް ފެށޭ އަދި ނިމޭ ގަޑިތަކުގައި ސްކޫލްތައް ހުންނަ ސަރަޙައްދުތަކުގައި އެއްވެސް ބާވަތެއްގެ ބަރު އުޅަނދެއް ދުއްވުމާއި މުދާ އުފުލުމަކީ މަނާކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު