އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ފައުންޑޭޝަން (އެޗްއާރުއެފް) އިން، ފަލަސްތީނުގެ އުމުރުން އެންމެ ހަ އަހަރުގެ ހިންދު ރަޖަބް ޝަހީދުކޮށްލި އިޒްރޭލު އަސްކަރީ ޔުނިޓުގެ ކޮމާންޑަރުގެ ވަނަވަރު ހާމަކޮށްފިއެވެ.
އެ ޖަމްއިއްޔާގެ ތަހުގީގީ ރިޕޯޓުން ދައްކާ ގޮތުގައި، މި ޖަރީމާ ހިންގި ޔުނިޓުގެ އިސްވެރިޔަކީ އެމެރިކާގައި ދިރިއުޅެމުންދާ މީހެކެވެ.
ހިންދު ރަޖަބް ޝަހީދުކޮށްލި އަނިޔާވެރި ހާދިސާއަކީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގެ ތެރެއިން މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓި، ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ކަންބޮޑުވުންތަކަކާއި ނުރުހުން އަމާޒުވެގެންދިޔަ ހިތްދަތި ހާދިސާއެކެވެ.
އެޗްއާރުއެފްގެ މި ހޯދުމާ ގުޅިގެން، މި ލާއިންސާނީ ހަމަލާގެ ފަހަތުގައިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށް ގޮވާލާ އަޑުތައް ވަނީ އިތުރަށް ގަދަވެފައެވެ.
އެމެރިކާގެ ރައްޔިތުކަން އޮތް ކޮމާންޑަރަކު މިކަމުގައި ބައިވެރިވެފައިވާކަން ފަޅާއެރުމަކީ، ހަނގުރާމައިގެ ޖަރީމާތައް ތަހުގީގުކުރުމުގެ މަރުހަލާގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް މާހިރުން ދެކެއެވެ. ކުށެއްނެތް ކުޑަކުއްޖަކު މަރާލި މި މައްސަލައިގައި އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ދަނީ ހަރުކަށި އިބާރާތުން ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު