ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާއްމުގެ ސަބަބުން ގެދޮރު ގެއްލި ނުވަތަ ޝަހީދުވެފައިވާ ފަލަސްޠީނު ޢާއިލާއެއްގެ ގޭތެރޭގައި ތިބެގެން، އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ދެ މީހަކު ކޮފީ ބޯ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ޢާންމުކުރުމާ ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ބޮޑު ނުރުހުމަކާއި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
އިސްރާއީލުގެ ސިފައިންގެ މީހަކު މީސްމީޑިއާގައި މި ވީޑިއޯ ހިއްސާކޮށްފައިވަނީ "މުޙައްމަދުގެ ގޭގައި ކޮފީ ބުއިން" މި މާނަ ދޭ ކެޕްޝަނަކާ އެކުގައެވެ.
މިއީ ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ގެދޮރަށް ހުއްދައެއް ނެތި ވަދެގަނެ، އެ މީހުންގެ އިންސާނީ ކަރާމާތް ނަގާލުމަށާއި، ގެދޮރު ގެއްލި ނިކަމެތިވެފައިވާ ރައްޔިތުންނަށް މަލާމާތްކޮށް ފުރައްސާރަކުރުމަށް އިސްރާއީލު ސިފައިން ހިންގަމުންދާ އިހާނެތި ޢަމަލުތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.
ޢާންމުވެފައިވާ މި ވީޑިއޯއިން ފެންނަނީ، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އަދި ވެރިންނަށް ދޫކޮށްދާން މަޖުބޫރުވެފައިވާ ގޭގެ ސިޓިންގރޫމުގައި އެ ސިފައިން ތިބޭ މަންޒަރެވެ. އަދި އެ ގޭގެ ވެރިންގެ އަމިއްލަ ތަކެއްޗާއި ސާމާނު ބޭނުންކޮށްގެން ކޮފީ ކައްކައި، ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު ކޮފީ ބޯން ތިބި މަންޒަރު އެ މީހުން އަމިއްލައަށް ވަނީ ރެކޯޑުކޮށްފައެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ފާހަގަކުރާ ގޮތުގައި، އިސްރާއީލު ސިފައިން މިފަދަ ވީޑިއޯތައް ޢާންމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ފަލަސްޠީނު ރައްޔިތުން ތަޙައްމަލުކުރަމުންދާ ވޭނާއި އުދާސްތަކަށް ޖޯކުޖަހައި ފުރައްސާރަކުރުމެވެ.
މިއީ އިސްރާއީލުގެ ސިފައިން މީސްމީޑިއާގައި މިފަދަ ދަށުދަރަޖައިގެ ކަންކަން ދައްކުވައިދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ޣައްޒާގެ މުސްލިމުންގެ ގެދޮރަށާއި މިސްކިތްތަކަށް އަރައިގަނެ، އަމިއްލަ މުދަލާއި ކުޑަކުދިންގެ ކުޅޭކުޅޭ ތަކެއްޗަށް މަލާމާތްކޮށް ހަލާކުކުރުމާއި، މިސްކިތްތަކުގެ ޙުރުމަތް ކަނޑައި ކައްކާ ކެއުމުގެ ކަންކަން އެތަންތަނުގައި ކުރިއަށްގެންދިޔަ މަންޒަރުތައް ޓިކްޓޮކާއި އިންސްޓަގްރާމް ފަދަ މަންސަތަކުގައި އެ ސިފައިން ވަނީ ޝާއިޢުކޮށްފައެވެ.
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަނީ، މިއީ ހަނގުރާމައިގެ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ، ޢާންމުންގެ މުދަލަށް އަރައިގަތުމާއި އިންސާނީ ކަރާމާތް ގެއްލުވައިލުމުގެ ޢަމަލުތަކެއްގެ ގޮތުގައި ކަނޑައަޅައި ކުށްވެރިކޮށްފައެވެ. މީގެއިތުރުން، މިފަދަ ދަށުދަރަޖައިގެ ވީޑިއޯތަކުން ހާމަވެގެންދަނީ އިސްރާއީލު ސިފައިންގެ ކިބައިގައި އަޚްލާޤީ އެއްވެސް މިންގަނޑެއް ނެތްކަމާއި، ފަލަސްޠީނުގެ އަނިޔާލިބިފައިވާ ރައްޔިތުންނާމެދު އެ މީހުންގެ ހިތްތަކުގައި އޮތް ފުން ނަފުރަތު ކަމަށްވެސް އެ ޖަމާޢަތްތަކުން ބަޔާންކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު