ޑރ. އިބްރާހިމް ހަސަން
ޑރ. އިބްރާހިމް ހަސަން
ކޮލެޖް ތަކާއި ޔުނިވަރސިޓީތައް ބަންދުކޮށްފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ޑރ އިބްރާހިމް ހަސަން ވިދާޅުވީ ކޮލެޖް ތަކާއި ޔުނިވަރސިޓީތައް ބަންދު ކުރުމަކީ އެ ވުޒާރާގެ އަމިއްލަ ނިންމުމެއް ނޫން ކަމަށާއި، އެއީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެފިޔަވަޅު އަޅާފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް އެކަމުގައި ކޮލެޖްތަކާއި، ޔުނިވަރސިޓީތަކުގެ ކަންބޮޑުވުން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެކަމާ ގުޅޭގޮތުން ސަރުކާރާއި ޕްރައިވެޓް ކޮލެޖްތަކާއެކު ފޯނުން މަޝްވަރާކޮށް އެބޭފުޅުންގެ ޚިޔާލު ހޯދުމަށް ފަހު، ކޯވިޑް-19 ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއެކު އެކަމުގައި މަޝްވަރާ ކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު، ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖް އަދި ޔުނިވާސިޓީ ފަދަ ތަންތަނަށް ލިބެމުން އަންނަ ގެއްލުންތަކަށް ހައްލެއް ހޯދުމަށް މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިބްރާހީމް ހަސަންއާ ބައްދަލުކުރުމަށް ރާއްޖޭގައި މަތީ ތައުލީމުގެ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ކޮލެޖުތައް ތަމްސީލުކުރާ ޖަމިއްޔާ އިން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި އަދި ތަމްރީނުދޭ ހުރިހާ މަރުކަޒުތައް ބަންދުކުރުމަށް އެޗްޕީއޭއިން އަންގާފައިވަނީ މިދިޔަ މާރޗް މަހުގެ 14 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން