ހދ. ކުމުންދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައި، އެ ރަށުގައި ފުލުހުންގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، ކުމުންދޫގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި، ކުމުންދޫ ކައުންސިލުގެ ރައީސް ޢަލީ ޤާސިމް ކަމަށެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު، ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަންގަވައިދެއްވީ ކައުންސިލްގެ ރައީސް ޢަލީ ޤާސިމްއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި، ކުމުންދޫ ކައުންސިލް މެންބަރުންނާއި، އެ ރަށުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން އައު ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ޚާއްޞަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކުމުންދޫގައި ހުޅުވުނު މި ފުލުހުންގެ މަރުކަޒަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ޒަމާނީ ފެންވަރަށް އިމާރާތްކޮށްފައިވާ ތަނެކެވެ. މި މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އަޅާފައިވަނީ 2023 އޮގަސްޓް 27 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ރައްޔިތުންނާ ގާތުން އަމާން ވެއްޓެއް ޤާއިމުކޮށްދިނުމަށްޓަކައި، ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، ކުމުންދޫގައި މި ހުޅުވުނު މަރުކަޒަކީ އެ ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު