ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ހިންގާ "ފަސްޓްލައިން މެނޭޖްމަންޓް ކޯސް - 17" ލ. ގަމުގައި ރަސްމީކޮށް ފަށައިފިއެވެ.
މި މަހުގެ 19 ވަނަ ދުވަހު ފެށި މި ކޯހަކީ އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ސައުތު ސެންޓްރަލް ޕޮލިސް ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ހިންގާ މި ތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 22 ފުލުހަކު ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތ. އަތޮޅުން ބައިވެރިވި 9 ފުލުހުންނާއި ލ. އަތޮޅުން ބައިވެރިވި 13 ފުލުހުންނެވެ.
މި ކޯސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ވިދާޅުވީ، ފަސްޓްލައިން މެނޭޖަރުންނަކީ މުއައްސަސާގެ އިސް މެނޭޖްމަންޓާއި މައިދާނުގައި ހަރަކާތްތެރިވާ ފްރޮންޓްލައިން އޮފިސަރުން ގުޅުވައިދޭ މުހިންމު ފާލަން ކަމަށެވެ. އެހެންކަމުން، ހުރިހާ ބައިވެރިންނަކީ ވެސް އަހުލާގު ރަނގަޅު، ކިޔަމަންތެރި އަދި މުޖުތަމައުއަށް ނަމޫނާ ދައްކާ ބަޔަކަށް ވުމަށް އެކަމަނާ ނަސޭހަތްތެރިވެލެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ޕްރޮފެޝަނަލިޒަމް އަދި ނަޒާހާތްތެރިކަން އަބަދުވެސް އިސްކުރުމަށް ޗީފް ސުޕްރިންޓެންޑެންޓް ނަޝްވާ ބާރުއެޅުއްވިއެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ހުނަރާއި ލީޑަރޝިޕް ސިފަތައް އަށަގަންނާނެ ކަމަށާއި، މި ތަމްރީނުން ލިބޭ އިލްމުގެ އެހީގައި އެކުގައި މަސައްކަތްކުރާ އެންމެން ގުޅިގެން މުއައްސަސާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރުމަށް ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ލާމަރުކަޒީ އުސޫލުން ހިންގުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. މިއީ ސާޖަންޓް އަދި ސީނިއަރ ސާޖަންޓް ރޭންކުގެ އޮފިސަރުންނަށް ހާއްސަކޮށްގެން، ޒަމާނީ ގޮތެއްގައި ގާނޫނު ތަންފީޒުކުރުމުގެ އިލްމާއި ހުނަރު އިތުރުކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.
މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕް، ގާނޫނީ ހޭލުންތެރިކަމާއި ކޮމިއުނިޓީ ޕޮލިސިންގ، އަދި ޑިޖިޓަލް ޑޭޓާއާއި ޓެކްނޮލޮޖީގެ ބޭނުން ހިފާނެ ގޮތްތައް ހިމެނެއެވެ. މީގެއިތުރުން ހަގީގީ ހާލަތްތަކަށް ބިނާކޮށް ހިންގޭ ތަމްރީނުތަކާއި، މުއާމަލާތުކުރުމާއި ޕްރެޒެންޓޭޝަން ދިނުމުގެ ހުނަރުތައް ވެސް ދަސްކޮށްދެވޭނެއެވެ.
ހަމައެއާއެކު، ފުލުހުންގެ އަސްކަރީ ސިފަތަކާއި ޑިސިޕްލިން ވަރުގަދަކުރުމަށް ޑްރިލް ކްލާސްތަކާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން 7 ކިލޯމީޓަރުގެ ދުވުމެއް މި ކޯހުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ކިޔުންތެރިންގެ ހިޔާލު