އިމާރާތްތަކާ އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ގޮވާލި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ދިވެހިރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކުއްޅަވައްގެ / ޢަލީ ޖުމާން (ޑެތު) އެވެ. އޭނާ ހައްޔަރުކުރީ އޮކްޓޫބަރު 22 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އެހެންނަމަވެސް މިކަމާގުޅޭ އިތުރުއެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު