ގައުމީ އެއާލައިން މޯލްޑިވިއަންއިން ޕާކިސްތާނަށް ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާންކުރައްވައިފިއެވެ.
ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ހަވީރު ބޭއްވުނު މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026 ގައި ތަގުރީރުކުރައްވަމުން ރައީސް ވަނީ ދެ ގައުމުގެ އިގުތިސާދީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން އަލިއަޅުވާލައްވައިފައެވެ.
އެގޮތުން ކަނޑުމަގުން ގުޅިފައި އޮންނަ ގުޅުމަކީ އިގުތިސާދުގެ މައި ނާރެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވަނީ، ސީދާ މިފަދަ ރާސްތާތަކުން ގުޅާލުމަށް ގޮވާލައްވާފައެވެ. އަދި ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށްޓަކައި، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި، ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒުހިފާފައިވާކަންވެސް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
މޯލްޑިވިއަންއިން ޕާކިސްތާނަށް ދަތުރުތައް ފަށަން ނިންމިކަން ރައީސް އިއުލާންކުރެއްވިއިރު ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕީއައިއޭއިން ވެސް މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ އެ އެއލާއިންއިން ޕާކިސްތާނާ ރާއްޖެއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު