ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގައި ދިރިއުޅޭ ދިވެހީންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާތީ އެ ފަރާތްތަކަށް ކެއާ ޕެކޭޖު ފޮނުވުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފި އެވެ.
ޚާރިޖީ ވުޒާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވިއަން އިން ޔޫއޭއީ އަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓްގައި އެޤައުމުގައި ތިބި ދިވެހި އާއިލާތަކަށް ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައި ދިނުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އަންނަ ހުކުރު ދުވަހު ބާއްވާ ފްލައިޓުން ޔޫއޭއީގައި ދިރިއުޅޭ ފަރާތްތަކަށް ފޮނުވާ ޕެކޭޖު ބަލައިގަންނާނީ މި އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 15:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ހުންނަ ޑެސްކްތަކުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނެފައިވަނީ، މިފުރުސަތުގައި ކޮންމެ އާއިލާއަކަށްވެސް ގިނަ ވެގެން ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށެވެ.
ސަރުކާރުން ވަނީ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހީންނަށްވެސް ކެއާ ޕެކޭޖް ފޮނުވުމަށް މީގެ ކުރިން ފުރުސަތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު