އިންޑިއާގައި އިއުލާންކުރި ލޮކްޑައުންގެ މުއްދަތު އަންނަ މޭ މަހުގެ ތިނަކާއި ހަމައަށް އިތުރުކޮށްފިއެވެ.
މިކަން އިއުލާނު ކުރެއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިއަދު ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރަން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އިންޑިއާއިން އެބަލި ފުރަތަމަ ފެނުނު ބޮޑެތި ސިޓީތަކުން ކުދި އަވަށްތަކަށް ބަލި ފެތުރެމުންދާ ކަމަށް ހެލްތު އޮފިޝަލުން ވިދާޅުވެފައި ވާތީއެވެ.
ކުރިން އޮތް ލޮކްޑައުނުގެ މުއްދަތު މިއަދަށް ހަމަވާއިރު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ހޮނިހިރު ދުވަހު ވަނީ ލޮކްޑައުންގެ މުއްދަތު އިތުރު ކުރައްވަން މޯދީ ނިންމަވާފައިވާކަން ޓުވީޓް ކުރައްވާފައެވެ.
"އިޤްތިޞާދީ ގޮތުން މިއީ އަގު ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް. ނަމަވެސް ގައުމުގެ ރައްޔިތުންގެ ފުރާނައިގެ އަގު އެއަށްވުރެ މާބޮޑު" މޯދީ ވިދާޅުވިއެވެ.
އިންޑިއާއިން މިހާތަނަށް 10500 އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު އެބަލީގައި އެގައުމުން 350 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު