ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮތް ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރި އަދި އިޤްތިޞާދީ ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި އިންވެސްޓަރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ބައިޤަރުނަށްފަހު ފޮރިން އިންވެސްޓްމަންޓް ޤާނޫނު އިސްލާޙުކުރުމަކީ ބޭރުގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމުވެ، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް ކުރިއެރުން ލިބޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ގޫގުލްގެ "ދިވަރު" ސަބްމެރިން ކޭބަލް މަޝްރޫޢާއި، ނ. އަތޮޅުގައި ތަރައްޤީކުރާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" ފަދަ ބިޔަ މަޝްރޫޢުތަކުގެ އިތުރުން، ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑްތަކުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ މުސްތަޤްބަލާމެދު އޮތް ޔަޤީންކަން ހާމަވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓްތަކުގެ ފައިދާ ސީދާ ގޮތެއްގައި ރައްޔިތުންނަށް ވާސިލުކޮށްދިނުމެވެ. އެގޮތުން ޑިޖިޓަލް އިގުތިޞާދާއި، މާލީ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި، މަސްވެރިކަން އަދި ތަޢުލީމާއި ޞިއްޙީ ދާއިރާއިން އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު، ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ކުރިމަތިވާ އިގުތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ބައިނަލްއަޤްވާމީ މައިދާނުގައި އެފަދަ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުކުރަންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ބޭރުގެ ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ވިޔަފާރިއާ ގުޅޭ ޤަވާޢިދުތައް ޒަމާނީކޮށް، ދެފުށް ފެންނަ ހަރުދަނާ އުސޫލުތަކަކަށް ޢަމަލުކުރުމުގެ މުހިންމުކަން ވަޒީރު ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑުތައް އިތުރަށް ހަރުދަނާކުރުމަށާއި، ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި އެއް އަޑަކުން ވާހަކަދައްކައި، އެކުގައި މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު