ދިވެހި އަދަބީ އަދި ފަންނީ ދާއިރާއިން ވިދަމުން އަންނަ ހުނަރުވެރި ޅެންވެރިޔާ ރިބާހު ޙުސައިން (ލިޔަން ސޮރަ) ގެ އައު ޅެން "ކަމަދޫގެ ނަށާ ކުއްޖާ" އަށް އާންމުންނާއި ފަންނުވެރިކަމަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި ބޮޑު މަޤްބޫލުކަމަކާއި ތަރުޙީބެއް ލިބިގެން ހިނގައްޖެއެވެ.
މި ލަވަ އެންމެ ފުރަތަމަ އާންމުންނަށް އިވިގެންދިޔައީ، 2026 ވަނަ އަހަރުގެ ބޮޑުބެރު ޗެލެންޖުގެ ފުރަތަމަ ބުރުގައި "ހޭވައްލާ" ބޮޑުބެރު ގުރޫޕުން ސްޓޭޖުގައި ވަގުތުން ހުށަހަޅައިދިން ހިސާބުންނެވެ.
މިއީ މި ދުވަސްވަރު މީސްމީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދަމުން އަންނަ، ކަމަދޫގެ ހުނަރުވެރި ނެށުންތެރިޔާ "ޒާރާ" އަށް ޚާއްޞަކޮށްގެން ހަދާފައިވާ ރީތި ލަވައެކެވެ. މިލަވައިގެ ޅެމުން އޭނާގެ ރީތިކަމާއި ނެށުމުގެ ޖާދުވީ ހުނަރުވެރިކަން ސިފަކޮށްދީފައި ވީނަމަވެސް، މިއީ ޅެންވެރިޔާގެ ޚިޔާލުގައި ފުން މާނަތަކަކާއި އިޙްސާސްތަކެއް އެކުލެވޭ ގޮތަށް އެކުލަވާލާފައިވާ ފުރިހަމަ ޅެމެކެވެ.

ރިބާހުގެ ޅެން
މި ލަވައިގެ ފުރިހަމަކަން އިތުރުވެގެން ދިޔައީ ޒުވާން މިއުޒިކް ކޮމްޕޯސަރ ޙުސައިން ސަމްހާންގެ ހިތްގައިމު ރާގާއި، ސްޓޭޖު މަތީގައި "ހޭވައްލާ" ގުރޫޕުން ދައްކުވައިދިން ފުރިހަމަ ހުށަހެޅުމުގެ ސަބަބުންނެވެ.
ލިޔަން ސޮރަ އަކީ މިހާތަނަށް ވެސް ދިވެހިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ގިނަ ލަވަތަކެއް ހަދައިދީފައިވާ ކުޅަދާނަ ޅެންވެރިއެކެވެ. އޭގެ ތެރޭގައި ވޭތުވެދިޔަ އަހަރުގެ ބޮޑުބެރު ޗެލެންޖުގައި ހޭވައްލާ ގުރޫޕުން ހުށަހެޅި "އާދަނާ" ގެ އިތުރުން، "މާ ލިލީ" އަދި "ޢީދު ގޮއްޔެ" ފަދަ ލަވަތައް ހިމެނެއެވެ. މި ލަވަތަކަކީ ޔޫޓިއުބާއި އެކި މީސްމީޑިއާ މަންސަތަކުގައި މިލިއަނަށް ވުރެ ގިނަ ވިއުސް ހޯދައި، ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ އުފެއްދުންތަކެކެވެ.
ލ. ގަމަށް އުފަން، އުމުރުން އެންމެ 23 އަހަރުގެ ރިބާހު ޙުސައިންއަކީ ދިވެހި އަދަބިއްޔާތާއި މިއުޒިކީ ދާއިރާއިން އުއްމީދީ އަދި ވިދުންގަދަ ޒުވާން ހުނަރުވެރިއެކެވެ. އޭނާގެ މި އައު ލަވައާއެކު، ދިވެހި ސަގާފީ ބޮޑުބެރު މިއުޒިކަށް އިތުރު ދިރުމަކާއި ތާޒާކަމެއް ގެނެސްދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު