ވ. އަތޮޅުގައި ފީނަން އުޅުމުގެ ތެރޭގައި ކަނޑުއަޑީގެ ހޮހޮޅައަކަށް ވަދެ މަރުވި އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް، މިދިޔަ މެއި މަހު ޝަހީދުވި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޤުރުބާނީގެ އަގުވަޒަންކޮށް، އިޓަލީގެ އެންމެ މަތީ ޝަރަފު އޭނާއަށް އެރުވުމަށާއި އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުން ނިންމައިފިއެވެ.
ސްރީލަންކާގައި ހުންނަ އިޓަލީ އެމްބަސީން ހާމަކުރި ގޮތުގައި، މަހުދީއަށް އެރުވުމަށް ނިންމާފައިވަނީ ފާހަގަކޮށްލެވޭ ފަދަ ހިތްވަރުގަދަ ޚިދުމަތްތަކަށް އިޓަލީ ސަރުކާރުން އަރުވާ ޝަރަފުވެރި ރަން މެޑަލެވެ. މީގެއިތުރުން، ލަންކާގައި ހުންނަ އިޓަލީ އެމްބަސީއާއި ރާއްޖޭގައި ހުންނަ އެ ޤައުމުގެ ކޮންސިއުލޭޓް ގުޅިގެން، މަހުދީގެ އާއިލާއަށް އެހީތެރިވުމަށް ޚާއްޞަ ފަންޑު ހޯދުމުގެ ހަރަކާތެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށްވެސް އެމްބަސީން ބުންޏެވެ.
މި އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން، މަހުދީގެ ހަނދާނުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓްގެ މަޢުލޫމާތުވެސް އެމްބަސީން ވަނީ ޢާންމުކޮށްފައެވެ.
މަހުދީ ނިޔާވީ ކަނޑުއަޑިން މީހުން ހޯދުމުގެ ޚިދުމަތުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި ހާދިސާގައި މަރުވި އިޓަލީ ޑައިވަރުންގެ ހަށިގަނޑުތައް ފަހުން ނަގާފައިވަނީ، ރާއްޖޭން ބޭރުގެ ޚާއްޞަ ޑައިވަރުންގެ ޓީމެއް ގެނެސްގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު