އިޓަލީވިލާތުގެ ސްކޫލުތަކުގައި މޫނުބުރުގާއާއި ނިގާބު އެޅުން މަނާކުރުމަށާއި، ކްލާސްތަކުގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ނިންމަވާފައިވާކަން އެ ގައުމުގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީ އިއުލާން ކުރައްވައިފިއެވެ.
ވެރިރަށް ރޯމްގައި ބޭއްވި، އެކަމަނާ ނިސްބަތްވެވަޑައިގަންނަވާ 'ބްރަދާސް އޮފް އިޓަލީ' ޕާޓީގެ ޒުވާނުންގެ ގޮފީގެ ގައުމީ ހަރަކާތުގައި ވާހަކަދައްކަވަމުން މެލޯނީ ވިދާޅުވީ، މި ބަދަލުތަކާ ގުޅޭގޮތުން ކެބިނެޓުން ވަރަށް އަވަހަށް ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށެވެ. މީގެ އިތުރުން، އިޓަލީގެ ތަޢުލީމީ މާހައުލަށް ހޭނުމުގައި ދަތިތަކާ ކުރިމަތިލާ ބޭރު ދަރިވަރުންގެ ބެލެނިވެރިންނަށް އިޓަލީ ބަސް ދަސްކޮށްދޭ ކްލާސްތަކުގައި ބައިވެރިވުން ލާޒިމުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އިޓަލީއަށް އައިސް މިތަނުގައި މުސްތަގުބަލެއް ބިނާކުރަން ބޭނުންވާ ކޮންމެ މީހަކުވެސް އަހަރެމެންގެ ބަސް ދަސްކޮށް، އަހަރެމެންގެ ސަގާފަތް ދެނެގަނެ، އަދި ގަވާއިދުތަކަށް އިހުތިރާމްކުރަންޖެހޭނެ. މިއީ އެމީހުން ބަލައިގަނެވޭނެ ހަމައެކަނި ސީރިއަސް ގޮތަކީ،" ރޯމްގައި ބޭއްވި މި ހަފުލާގައި ވާހަކަދައްކަވަމުން މެލޯނީ ފާހަގަކުރެއްވިއެވެ.
މި ހުށަހެޅުން ގާނޫނަކަށް ވުމަށްޓަކައި، ސަރުކާރުގެ ކެބިނެޓުން ފާސްކުރުމަށްފަހު 60 ދުވަހުގެ ތެރޭގައި އެ ގައުމުގެ ޕާލަމެންޓުން ފާސްކުރަންޖެހޭނެއެވެ.
މޫނުބުރުގާ މަނާކުރުމުގެ އިތުރުން، ކޮންމެ ކްލާހެއްގައި ހިމެނޭ ބޭރު ދަރިވަރުންގެ އަދަދަށް ގާނޫނީ ހިފެހެއްޓުމެއް ގެންނާނެ ކަމަށްވެސް މެލޯނީ ވިދާޅުވިއެވެ. މިހާރުވެސް އިޓަލީގެ ގާނޫނު ބުނާގޮތުން ކްލާހެއްގައި ބޭރު ދަރިވަރުން ތިބެވޭނީ ގިނަވެގެން 30 އިންސައްތައަށެވެ. ނަމަވެސް މި އިންސައްތައަށް ގެންނާނެ އިތުރު ބަދަލެއް ބޮޑުވަޒީރު އަދި ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އިޓަލީގެ ސްކޫލްތަކުގައި ކިޔަވާ ޖުމްލަ ދަރިވަރުންގެ ގާތްގަނޑަކަށް 12 އިންސައްތައަކީ ބޭރު ގައުމުތަކުގެ ދަރިވަރުންނެވެ.
އިޓަލީގައި މިހާތަނަށް މޫނުބުރުގާ އެޅުން ސީދާ މަނާކޮށްފައެއް ނުވެއެވެ. ނަމަވެސް، 1975 ވަނަ އަހަރުގެ ގާނޫނެއްގެ ދަށުން، އެކަށީގެންވާ ސަބަބެއް ނެތި މީހާ ކާކުކަން ދެނެގަންނަން އުނދަގޫވާ ފަދަ ހެދުން އެޅުމަކީ މަނާކަމެކެވެ. އަދި 2008 ވަނަ އަހަރު އެ ގައުމުގެ ކޯޓަކުން ނިންމާފައިވަނީ ދީނީ ނުވަތަ ސަގާފީ ސަބަބުތަކަށްޓަކައި މޫނު ނިވާކުރި ނަމަވެސް، ކާކުކަން ޔަގީންކުރަންޖެހޭ ހާލަތްތަކުގައި މޫނު ދައްކަންޖެހޭނެ ކަމަށެވެ.
ފްރާންސާއި ޗައިނާ ހިމެނޭހެން ދުނިޔޭގެ 24 ގައުމެއްގައި މިހާރުވެސް މޫނުބުރުގާއާއި ނިގާބު ބޭނުންކުރުން މަނާކޮށްފައިވާއިރު، އިޓަލީގައި 2027 ވަނަ އަހަރު ބާއްވާ އާންމު އިންތިޚާބުގައި ހިޖުރަވެރިންގެ މައްސަލައާއި މިފަދަ ސިޔާސަތުތަކަކީ އެންމެ ހޫނު ބަހުސަކަށް ވާނެ ކަމަށް ބެލެވެއެވެ.

@dwnews "Learn our language, respect our rules." That's the message from Italian Prime Minister Giorgia Meloni, who has unveiled plans to limit foreign students per class, require some parents to learn Italian, and ban burqas and niqabs in schools. #dwnews ♬ original sound - DW News
މި ހުށަހެޅުން ގާނޫނަކަށް ވުމަށްޓަކައި، ސަރުކާރުގެ ކެބިނެޓުން ފާސްކުރުމަށްފަހު 60 ދުވަހުގެ ތެރޭގައި އެ ގައުމުގެ ޕާލަމެންޓުން ފާސްކުރަންޖެހޭނެއެވެ.
މޫނުބުރުގާ މަނާކުރުމުގެ އިތުރުން، ކޮންމެ ކްލާހެއްގައި ހިމެނޭ ބޭރު ދަރިވަރުންގެ އަދަދަށް ގާނޫނީ ހިފެހެއްޓުމެއް ގެންނާނެ ކަމަށްވެސް މެލޯނީ ވިދާޅުވިއެވެ. މިހާރުވެސް އިޓަލީގެ ގާނޫނު ބުނާގޮތުން ކްލާހެއްގައި ބޭރު ދަރިވަރުން ތިބެވޭނީ ގިނަވެގެން 30 އިންސައްތައަށެވެ. ނަމަވެސް މި އިންސައްތައަށް ގެންނާނެ އިތުރު ބަދަލެއް ބޮޑުވަޒީރު އަދި ތަފްސީލުކޮށްދެއްވާފައެއް ނުވެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އިޓަލީގެ ސްކޫލްތަކުގައި ކިޔަވާ ޖުމްލަ ދަރިވަރުންގެ ގާތްގަނޑަކަށް 12 އިންސައްތައަކީ ބޭރު ގައުމުތަކުގެ ދަރިވަރުންނެވެ.
އިޓަލީގައި މިހާތަނަށް މޫނުބުރުގާ އެޅުން ސީދާ މަނާކޮށްފައެއް ނުވެއެވެ. ނަމަވެސް، 1975 ވަނަ އަހަރުގެ ގާނޫނެއްގެ ދަށުން، އެކަށީގެންވާ ސަބަބެއް ނެތި މީހާ ކާކުކަން ދެނެގަންނަން އުނދަގޫވާ ފަދަ ހެދުން އެޅުމަކީ މަނާކަމެކެވެ. އަދި 2008 ވަނަ އަހަރު އެ ގައުމުގެ ކޯޓަކުން ނިންމާފައިވަނީ ދީނީ ނުވަތަ ސަގާފީ ސަބަބުތަކަށްޓަކައި މޫނު ނިވާކުރި ނަމަވެސް، ކާކުކަން ޔަގީންކުރަންޖެހޭ ހާލަތްތަކުގައި މޫނު ދައްކަންޖެހޭނެ ކަމަށެވެ.
ފްރާންސާއި ޗައިނާ ހިމެނޭހެން ދުނިޔޭގެ 24 ގައުމެއްގައި މިހާރުވެސް މޫނުބުރުގާއާއި ނިގާބު ބޭނުންކުރުން މަނާކޮށްފައިވާއިރު، އިޓަލީގައި 2027 ވަނަ އަހަރު ބާއްވާ އާންމު އިންތިޚާބުގައި ހިޖުރަވެރިންގެ މައްސަލައާއި މިފަދަ ސިޔާސަތުތަކަކީ އެންމެ ހޫނު ބަހުސަކަށް ވާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު