މިއަދު މެންދުރުފަހު 13:30 އަށް ތާވަލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާއަށް، ކުރިއަށްއޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުމަށް މާލީ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާރު ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ނިންމުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނާ ހިއްސާކުރުމަށް ގެނެސްދޭ "ނޭޝަން ޗެޓް" ގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ފަށާފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ މަސައްކަތް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓުގައި އަމާޒުހިފާފައިވާނޭ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުވެސް ކުރިއަށްއޮތް އަހަރުގެ ބަޖެޓުން ފެނިގެންދާނެއެވެ.
މިހިނގާ އަހަރަށް ސަރުކާރުން ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރުގެ ބަޖެޓުގައި ހިމެނޭ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި ބަޖެޓުގެ ޖުމްލައަކީ 55.0 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ ބަޖެޓް ހާއްސަވެގެންދިޔައީ ކުރިން ނަގާފައިވާ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމަށާއި، ބޭރުގެ ހިލޭއެހީއަށް ބަރޯސާވާން ނުޖެހޭގޮތަށް އެކުލަވާލި ބަޖެޓެއްގެ ގޮތުގައެވެ. އަދި އޭގެ ކުރީ 2025 ވަނަ އަހަރު ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު