މިއަދު ހިނގި އެކްސިޑެންޓުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލު،
މިއަދު ހިނގި އެކްސިޑެންޓުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލު،
މާލޭގެ ސަބުދެރިޔާމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އެއް ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެތެރެއަށް ވަދެ، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ސަބުދެރިޔާމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މި ހާދިސާގައި އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ދެ ސައިކަލު ޖެހުމާއެކު އެއް ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް އަރަނީ މަގުގެ އެއްފަރާތުގައި ހުރި ފިހާރައިގެ ބިއްލޫރިގަނޑަށެވެ. ބިއްލޫރިގަނޑު އެއްކޮށް ތަޅައިގެން ގޮސް ސައިކަލު ފިހާރައިގެ އެތެރެއަށް ވަދެފައިވާއިރު، ސައިކަލަށާއި ފިހާރައަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، ހާދިސާގެ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު