ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާއިން ދައްކުވައިދެނީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ބަލައިގަންނަކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އެލްޖީއޭ ބޯޑުގެ އިންތިޚާބު ކާމިޔާބުކުރެއްވި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދެ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި، ޚިދުމަތްތަކާއި ފުރުޞަތުތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވި ހުރިހާ ރަށު ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީތަކުގެ ރައީސުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި އިންތިޚާބު ކާމިޔާބުކުރުމުގައި ޕާޓީގެ ލީޑަރޝިޕާއި މަޖިލިސް މެންބަރުންގެ އިތުރުން ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިންގ ކޮމިޓީތަކުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކަށްވެސް ރައީސް ސާބަސް ދެެއްވިއެވެ.
މި އިންތިޚާބުގައި ކައުންސިލަރުންނާއި އ.ތ.މ. ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑަށްއިންތިޚާބުވެވަޑައިގެންނެވީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙްމަދާއި، ށ. ފުނަދޫ އ.ތ.މ. ކޮމިޓީގެ ރައީސް މަރްޔަމް ޒީނާއެވެ. ކުރިއަށްދިޔަ މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 807 ފަރާތުގެ ތެރެއިން 706 ފަރާތަކުން ވޯޓުލާފައިވާއިރު، މިއީ 87.5 އިންސައްތައިގެ ޓަރންއައުޓެކެވެ.
ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރަންޖެހޭ ތިން މެންބަރުންގެ ތެރޭގައި ހިމެނެނީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު