ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ "ދި ޔުނިޓީ ޗެމްޕިއަންޝިޕް" ފުޓްސަލް މުބާރާތުގެ ދެވަނަ އެޑިޝަން، ފައިސާގެ އިނާމު ތިންގުނައަށް ބޮޑުކުރުމަށްފަހު އަންނަ އަންގާރަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން ވަޙީދުގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިފަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި 50،000 ރުފިޔާ، އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ އެންމެ ފުރަތަމަ ބޭއްވުނު މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިން 15،000 ރުފިޔާއާއި ރަނަރަޕް ޓީމަށް ދިން 5،000 ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ތ. އަތޮޅުގެ އެންމެ އާބާދީ ބޮޑު އެއް ރަށުގައި، ހަމައެކަނި އެ ރަށުގެ ޓީމުތަކަށް ޚާއްޞަކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު ޖުމްލަ ފަސް ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ސަހަރާ ކަންމައްޗާއި ސަނދަރަ ގޯޅީގެ އިތުރުން، މުޅިން އަލަށް މުބާރާތުގައި ވާދަކުރާ އަހަރުން ހިސާބު، ޔުނައިޓެޑް މަރުޙަބާ އަދި އިމްޕީރިއަމް ސްޕޯޓްސް ކްލަބް ހިމެނެއެވެ.
މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާ ލީގު އުޞޫލުންނެވެ. ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމަށް ސީދާ ފައިނަލުން ޖާގަ ލިބޭއިރު، ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ ލީގުގެ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ތާވަލު އެކުލަވާލެވިފައިވާ ގޮތުން ލީގު ބުރުގެ މެޗުތައް ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 3 އިން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ކޮންމެ ދުވަހަކު ވެސް ހަވީރު ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗު ނޮވެމްބަރު 8 ގައި ކުޅުމަށް ތާވަލުކޮށްފައިވާއިރު، ތަށި އުފުލާލާ ފޯރިގަދަ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 10 ވާ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު