ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލަ އަށް ހައްލުހޯދުމަށް ސަރުކާރުން ސިޔާސަތުތަކެއް އެކުލަވާލައި، ވަގުތު ބޭކާރު ކުރުމެއް ނެތި އެ މަސައްކަތް ކުރަމުންދާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މުޙައްމަދު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 29 ޖުލައި 2021 ވަނަ އަހަރު ރާއްޖޭގައި ނޫހެއްގައި ޝާއިޢުކޮށްފައިވާ "ކެރެޓުގެ އަގު ރަނަށް" މި ދަށުން ގެނެސްދީފައިވާ ރިޕޯޓުންވެސް، އެ އަހަރު ކެރެޓު ކިލޯއެއްގެ އަގު 140 ރުފިޔާ އަށް އަރާފައިވާކަން ފެންނަން އެބައޮތް ކަމަށެވެ.
ނަމަވެސް ކުރިއާ ޚިލާފަށް މިއަދުގެ ތަފާތަކީ، އެފަދަ މައްސަލަތައް ޙައްލުކުރާނެ ސަރުކާރުގެ ސިޔާސަތެއް އެކުލަވާލެވި، ވަގުތު ބޭކާރު ކުރުމެއް ނެތި މައްސަލަ އަށް ހައްލުހޯދަމުން ދާކަން ކަމަށް ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.
ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލިގެން ދިޔައީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން ކަމަށާއި، މިހާރު އެ މައްސަލަ ހައްލުވެފައިވާ ކަމަށް މިނިސްޓަރު ސަަޢީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ. މީގެއިތުރުން، ސަޕްލައި މައްސަލަ ދިމާވި އަމިއްލަ ކުންފުނިތަކުގެ މުދާވެސް މިހާރު ޕޯޓުން ކްލިއަރ ކުރެވިފައިވާ ކަމަށް ބެލިބެލުމުން އެނގިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ތަކެތި އަގު ބޮޑުކޮށް ނުވިއްކުމަށްވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު