ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މާލެ ސިޓީގެ ކުރީގެ ކައުންސިލަރަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލްއެވެ.
ފުލުހުން ވަނީ އޭނާ ހައްޔަރުކުރިކަން ޔަގީންވެސްކޮށްދީފައެވެ. އަދި އެ މައްސަލައިގެ ތަހުގީގުގެ ބޮޑުބައި ނިންމައި މިހާރު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހާ މަޝްވަރާކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި އަދި އޭނާގެ ބަންދުގެ މުއްދަތެއް ނުޖަހައެވެ.
އައިމަން މާލެ ސިޓީ ކައުންސިލްއަށް އިންތިހާބުވީ 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައެވެ.

ކިޔުންތެރިންގެ ހިޔާލު