ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ނ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ކުންފުންޏާ މި މަސައްކަތް ޙަވާލުކުރެވުމާ ގުޅިގެން، ނ. އަތޮޅުގެ ރަށްތަކުގައި ދެމުންދާ ޔުޓިލިޓީ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ބާރަށް ކުރަމުން ކަމަށެވެ.
މި ބަދަލާއެކު، ސްޓެލްކޯގެ މައިގަނޑު އަމާޒަކީ ނ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ޔުޓިލިޓީގެ ޚިދުމަތްތައް ކަށަވަރުކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޓެލްކޯ ފަދަ ތަޖުރިބާކާރު ކުންފުންޏަކާ ނ. އަތޮޅުގެ ޚިދުމަތްތައް ޙަވާލުކުރުމަކީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ފެނަކައިން ދެމުންދިޔަ ޔުޓިލިޓީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަމުންދާއިރު ފެނަކަ އުވާލަން ނިންމިކަން ސަރުކާރުން މިދިޔަ އޮގަސްޓު މަހު އޮތީ ހާމަކޮށްފައެވެ. އެކަން އިއުލާން ކުރުމުގެ ކުރިންވެސް ފެނަކައިގެ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ދިޔައީ ބަދަލުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު