ރައީްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު
ރައީްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު
ކޯވިޑް-19 އާއި ގުޅިގެން މިހާރު ރާއްޖެއިން އަޅާފައިވާ ފިވަޅުތައް ނާޅައިފި ނަމަ ރާއްޖެއިން އަށް ހާހަށްވުރެ ގިނަ މީހުންނަށް ބަލިޖެހިދާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެޕިޑަމޮލޮޖިސްޓުންގެ ސާވޭއަކުން ދައްކާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލު ވުމުގައި ވާހަކަ ދައްކަމުން މި ދިރާސާގައިވާ މައުލޫމާތުތައް ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދިރާސާގައި ބުނާ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް 50 ވަރަކަށް ދުވަހުގެ ތެރޭގައި އަށް ހާހަށްވުރެ ގިނަ މީހުންނަށް ރޯގާ ޖެހޭނެކަމަށެވެ. "މިހާރު މިއަޅާ ފިޔަވަޅުތައް އަޅުގަނޑުމެން އެޅީމާ މިކަމުން އަޅުގަނޑުމެންނަށް ލުޔެއް ލިބެން އަންނަނީ 210 ދުވަހުން. މި ފާހަގަކުރަން މިޖެހެނީ ފިޔަވަޅުތައް އެޅީމާވެސް ހަމަ އެއް އަދަދެއްގެ މީހުންނަށް މިޖެހެނީ. އެކަމަކު އެއީ ދިގު މުއްދަތެއްގެ ތެރޭގަ. މިގޮތަށް މިހަދާ ސަބަބަކީ އެއްދުވަހުން އެހާ ގިނަ މީހުން ހޮސްޕިޓަލަށް ވަންނަން ނުޖެހުން.. އެއްދުވަހުގެ ތެރޭގައި ގިނަ މީހުންނަށް ރޯގާ ޖެހި އެމީހުންނަށް އަޅާ ނުލެވުނީމާ ފުރާނައަށް ގެއްލުންވާ މީހުންގެ އަދަދުތައް ގިނަވެގެން ދާނެތީ. ހަގީގަތުގަ މުއްދަތު މިހޯދަނީ ހޮސްޕިޓަލާ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން." ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ރައްކާތެރި ވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް ރާއްޖެއިން މި ބަލިޖެހޭ މީހުންގެތެރެއިން ނުރައްކާތެރި ހާލަތަށް 5 ނުވަތަ 10 އިންސައްތަ މީހުން ދާނެ ކަމަށް މި ދިރާސާގައު ލަފާކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ 210 ދުވަސް ވަންދެން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް އެއް ނުވެވޭ ގޮތަށް ބަންދުކޮށްފައި ނުބެހެއްޓޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާތަކާއި ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަން ފާހަގަ ކުރައްވައި ރައްޔިތުންގެމަޖިލީހުގެ ރައީސް ވިދާޅުވީ މިގަތުތު ދައުލަތް ރަނގަޅަށް ހިނގުން އެއީ މިގުތު ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދާނެ ގޮތާ ގުޅޭގޮތުން ވެސް މި ބައްދަލު ވުމުގައި ވާހަކަ ދައްކާފައެވެ. “މިހާރު މި ވާގޮތުން އެބަ ޖެހޭ 210 ދުވަހު ދުރުގަ ތިބެން. މަޖިލީސް ކުރިއަށް ގެންދެވިދާނެ މިގޮތަށް އިޖުތިމާއީ ގައިދުރުކޮށް. މި އަހާ ސުވާލަކީ 210 ދުވަހު އަޅުގަނޑުމެން ވާޗުއަލީ ތިބޭނީތޯ، ނުވަތަ އެެހެން ގޮތަކަށް ބައްދަލުވުންތައް ރޭވުމަށް ނިންމާނީތޯ؟” އެމަނިކުފާނު ވިދާޅުވިއެވެ.

އޮންލައިންކޮށް ކުރިޔަށް ގެންދާ މި ހަފްތާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ސަޢީދު

17-Apr-2020

މަނިކުފާނު ވިދާޅުވާގޮތައް ދިވެހިރާއްޖެއަށް ބޭނުން ނުވޭއަމުރައް ކިޔަމަންތެރިނުވާމީހުންނަ އަދަބުދިނުމައްގޮވާލަން



ޓްރެންޑިން