ކޯވިޑް- 19 ރާއްޖޭގައި އެންމެ ބާރަށް ފެތުރިގަންނަ ދުވަސްވަރު އަންނަން މިހާރު ބާކީ އޮތީ ވިއްސަކަށް ދުވަސް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ދިރާސާއެއްގައި ބުނެފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެެއެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީ ތަކުގެ އިސް ބޭފުޅުންނާއެކު މިއަދު މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީސް ނުހުއްޓި މިވަގުތު ހިނގަން ބޭނުން ވަނީ ކޯވިޑް-19 އަށް ވާންޖެހޭ ތައްޔާރީ ތަކުގައި މަޖިލީހުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރުމުންނެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ވަރަށް އައިސީޔޫ އެނދު ހުރި ނަމަވެސް އެތަކެތި ހުރީ މާލެ ސަރަހައްދުގައިކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މާލެ ސަރަހައްދަށް އަދި އިތުރު 33 އައިސީޔޫ އެނދު ބޭނުންވާކަމަށެވެ.
ތައްޔާރު ވުމަށްޓަކާ ޖުމްލަ 740 ހޮސްޕިޓާ އެނދު ބޭނުންވާ ކަމަށާއި 197 ވެންޓިލޭޓަރ ބޭނުންވާކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި ހުރީ 235 އައި ސީ ޔޫ އެނދުކަމަށާއި ތައްޔާރު ވުމަށްޓަކައި 247 އެނދު އިތުރަށް ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ހޮސްޕިޓާ އެނދު އަޅުގަނޑުމެން އަތުގައި ހުރީ 687. އަޅުގަނޑުމެން އަތުގައި މަދު 437 އެނދު. ވެންޓިލޭޓަރ އަޅުގަނޑުމެން އަތުގައި ހުރީ 45. އަޅުގަނޑުމެންނަށް 152 ވެންޓިލޭޓަރ މަދު. އަޅުގަނޑު މިދަންނަވާ ވާހަކައަކީ ތައްޔާރުވުމަށް ކުރާން އޮތް ކަމަކީ މިއީޔޭ. މިމަޖިލިސް ބަންދު ކުރީމާ މިކަން ވޭބާއޭ." މަޖިލިސް ބަންދު ކުރެވެން ނެތްކަން ހާމަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއަދު އެމަނިކުފާނު މަޖިލީހަށް ވަޑައިގެން އެވާހަކަ ދައްކަވަނީ މަޖިލިސް ބަންދުކޮށްފިއްޔާ އެ ތައްޔާރީތައް ނުވެދާނެ ކަމަށްޓަކައި އެމަނިކުފާނުގެ ހިތްޕުޅަށް އެކަމަކު ބިރު ވަންނާތީ އެވެ. މި ދައުލަތް ހިންގަން ރާވާފައިވާ ނިޒާމަކީ ގާނޫނު އަސާސީކަން އެމަނިކުފާނު މިއަދު ތަކުރާރުކޮށް ފާހަގަ ކުރައްވާފައި ވެއެވެ.
"ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ސާވޭ ބުނާ ގޮތުގައި ވެއްޖެއްޔާ އިތުރުވެގަންނަން އަޅުގަނޑުމެންނަށް ބާކީ މިއިނީ ވިއްސަކަށް ދުވަސް. 152 ވެންޓިލޭޓަރު ބޭނުން. އަޅުގަނޑު މި މަޖިލިސް ހުޅުވާ ވާހަކަ ތިބޭފުޅުންގެ އަރިހުގައި ހަގީގަތުގަ މިދައްކަނީ މިހެންވެގެން. އަޅުގަނޑެއް ނޭދެން އަޅުގަނޑުމެން ތައްޔާރު ނުވެ ތިބޭކަށް." މިތައްޔާރީ ތަކަށް މަޖިލިސް ބޭނުންވާ ވަރު ޤާނޫނު އަސާސީގައި ބުނާކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު