ސިނަްގަޕޫރުގެ އޭޓީއެމް މެޝިން ތަކަކުން ބަޔަކު ޚިދުމަތް ލިބިގަންނަނީ
ސިނަްގަޕޫރުގެ އޭޓީއެމް މެޝިން ތަކަކުން ބަޔަކު ޚިދުމަތް ލިބިގަންނަނީ
ކޯވިޑް-19 އާއި ގުޅިގެން ސިންގަޕޫރުގެ ބޭންކުތަކުގެ އޮޓޮމެޓެޓިކް ޓެލަރ ސިސްޓަމް (އޭޓީއެމް) ތަކުގައި ހުންނަ ޖަރާސީމުމެރުމަށް ޚާއްޞަ ކޯޓިންގއެއް ލާން ފަށާފައިވާކަމަށް ބުނެފިއެވެ.

ސީއެންއޭ ޗެނަލުން ރިޕޯޓުކޮށްފައިވަނީ އެގައުމުގެ ޑީބީއެސް ބޭންކާއި، އޯވަރސީ-ޗައިނީސް ބޭންކިން ކޯރޕޮރޭޝަން (އޯސީބީސީ) އިން ބަހައްޓާފައިވާ އޭޓީއެމްތަކަށް ޖަރާސީމާއި ވައިރަސް މަރާލާ ކަހަލަ ޚާއްޞަ ކޯޓިންގ އެއް ސްޕްރޭ ކުރަމުންދާކަމަށެވެ. އެގައުމުގެ ޔޫއޯބީ ބޭންކުންވެސް މިކަހަލަ މަސައްކަތްތަކެއް ކުރަން ފަށަން އުޅޭކަމަށް ސީއެންއޭ އިން ރިޕޯޓުކޮށްފައި ވެއެވެ.

އޭޓީއެމްތަކުގައި މި ލާ ޚާއްޞަ ރައްކާތެރި ފަށަލައަކީ 3 މަހާއި އަހަރަކާއި ދެމެދުގެ މުއްދަތަށް ރަނގަޅަށް ހުންނާނެ ކޯޓިންއެއްކަން ވެސް ފާހަގަކޮށްފައި ވެއެވެ. މީގެސަބަބުން އެތަންތަން ގިނަގިނައިން ސާފުކުރަން ނުޖެހި ވައިރަހާއި އެހެން ޖަރާސީމުތަކުން، މެޝިން ބޭނުންކުރާ ފަރާތްތައް ރައްކާތެރި ކޮށްދޭނެއެވެ. ކޯޓިންގ ލާފައި ހުންނަ އޭޓީއެމްއެއްގައި ވައިރަސް ޖެހުމާއެކު، ވައިރަހުގެ ބޭރުގެ ފަށަލަ ހަލާކުކޮށްލާނެކަމަށާއި، އެއިރުން ވައިރަހަށް ބަލިފެތުރުމުގެ އެއްވެސް ފުރުސަތެއް ނުލިބޭނެކަމަށް ބުނެއެވެ.

އެހެންނަމަވެސް، މާހިރުން ބުނެފައިވާ ގޮތުގައި ފޮއްޗާއި އެހެނިހެން ބައެއް މެޓީރިއަލްތަކަށް މި ކޯޓިންގއިން އަސަރު ނުކޮށްފާނެކަމަށެވެ. އޭގެ ތެރޭގައި ވޯޓަރ ޕްރޫފް ކޮށްފައި ހުންނަ އެއްޗެހި ހިމެނޭކަމަށް ސީއެންއޭއިން ރިޕޯޓުކޮށްފައިވެއެވެ.

ސީއެންއޭއިން ބުނީ މިހާތަނަށް އެގައުމުގެ ގިނަ ތަންތަނުގައި މި ކޯޓިންގ ސްޕްރޭ ކޮށްފައިވާކަމަށެވެ. އެގޮތުން، ލިފްޓްތަކުގެ ފިތްތަކާއި، އެއަރޕޯޓުތަކުގައި ހުންނަ ޕްލާސްޓިކް ގޮނޑިތަކާއި، ހޭންޑް ރެއިލިންގ ތައް ހިމެނެއެވެ.

އެހެން ނަމަވެސް މީހުން ގިނަގިނައިން ބޭނުންކުރާ ތަންތަނުގެ ތެރޭގައި ހިމެނޭ ކްލިނިކްތަކާއި މޯލްތަކުގައި ހުންނަ ތަކެތީގައި މި ކޯޓިންގ ލީނަމަވެސް ގިނަ ދުވަހު އަސަރު ހުންނާނެކަމަށް ގަބޫލު ނުކުރެވޭކަމަށް މާހިރުން ބުނެއެވެ. މާހިރުން ވިދާޅުވަނީ މި ކޯޓިންގ ލުމަކީ ޚަތރަދު ބޮޑު ކަމެއް ކަމަށްވުމާއެކު، މިފަދަ ތަންތަން ސާފުކުރަން ގިނަ ފަރާތްތަކުން ބޭނުންކުރަނީ އާދައިގެ ބްލީޗްފަދަ ޑިސްއިންފެކްޓަންޓްތައް ކަމަށް ސީއެންއޭ އިން ރިޕޯޓުކޮށްފައި ވެއެވެ.

ސިންގަޕޫރުގައި މިހާތަނަށް 2,918 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު، ބަލީގައި 9 މީހަކުވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން