ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުން ދިޔަ އިތުރު ދެ ދިވެހިން ރަނގަޅު ވެއްޖެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިރޭ ބުނީ މި ދެމީހުންނަކީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ ދެމީހުން ކަމަށެވެ. މި ދެމީހުން ދެފަހަރު ޓެސްޓުކޮށްގެން ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ރާއްޖެއިން ކޯވިޑް-19 އަށް މިހާތަނަށް ފަސް ދިވެއްސަކު ޕޮޒިޓިވް ވެފައިވާއިރު މި ފަސް މީހުންނަކީވެސް ރާއްޖެއިން ބޭރުން އައި މީހުންނެވެ. މީގެތެރެއިން ހަތަރު ދިވެހީންނަކީ އިނގިރޭސި ވިލާތުން އައި މީހުންނެވެ. އެންމެ ފަހުން ޕޮޒިޓިވް ވި ދިވެހި މީހާއަކީ ޕިނިޕިންސުން އައި މީހެކެވެ.
ބައްޔަށް ޕޮޒިޓުވްވި ދިވެހީންގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހާ މިހާރު ވަނީ ރަނގަޅު ވެފައެވެ. ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މިހާރު ފަރުވާގައި ތިބީ ދެމީހުންނެވެ.
ރާއްޖެއިން ކޯވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 20 މީހުންނެވެ. ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި 15 ބިދޭސީންގެ ތެރެއިން 13 މީހުން ވަނީ ރަނގަޅު ވެފައެވެ. ދެ ބިދޭސީއަކު ބައްޔަށް ޕޮޒިޓިވްކި ކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމަލް 16 މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު