ފަޅުތެރެއަށް އަޅާފައިވާ ކުނިތަކެއް ލައްގާފައި
ފަޅުތެރެއަށް އަޅާފައިވާ ކުނިތަކެއް ލައްގާފައި
ހުޅުމާލޭގެ ފަޅުތެރެއިން އެއްދުވަސްތެރޭ 20 ޖަމްބޯ ކޮތަޅުގެ ކުނި ނަގައިފިއެވެ.

އެޗްޑީސީން ބުނީ ފަޅުތެރެއަށް ޖަމާވާ ކުނި އެކުންފުނިން ގަވާއިދުން ސާފު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިދުވަސްވަރު ފަޅުތެރެއަށް ކުނި ގިނަވެ ޖަމާވަމުންދަނީ މޫސުމީ ބަދަލުތަކެއްގެ ސަބަބުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، ގަވާއިދުން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފަޅުތެރެ ސާފުކޮށްފައި މިވަނީ، ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވެ، އެކަމާ ގުޅިގެން އެ ކޯޕަރޭޝަނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެ ކޯޕަރޭޝަނުން ބުނީ މޫދާއި ކަނޑަށް ކުނިއުކުން ހުއްޓާލައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ތިމާ އުޅޭ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީ ތިމާގެ ވެސް ފަރުދީ ޒިންމާއަކަށް ހެދުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން