މަބްރޫޫޫކްްްް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫޫޫކްްްް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އިންޑިއާއިން ރާއްޖެއައި ދިވެހިންގެ ތެރޭގައި ހިމެނޭ ކިޑްނީގެ ބައްޔަށް ފަރުވާ ކުރާ ފަސް މީހަކު އައިޖީއެމްއެޗުގައި ކަރަންޓީނު ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އިންޑިއާ އިން އައި މީހުންގެ ތެރެއިން މި ފަސް ބަލިމީހުން ބައިތިއްބާފައިވަނީ އައިޖީއެމްއެޗްގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ. އަދި އައިޖީއެމްއެޗުގެ ފެސިލިޓީގައި ޖުމްލަ ނުވަ މީހަކު އެބަތިބިކަން މަބްރޫކް މިރޭ ފާހަގަ ކުރެއްވިއެވެ.

"މީގެ ތެރޭގައި ހިމެނޭ ކޮންމެ ދުވަހަކު ޑައިލަސިސް ހަދަން ޖެހޭ ދެ މީހުން،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިއަދުގެ ފްލައިޓުން ދެ ތުއްތު ކުއްޖަކުވެސް ރާއްޖެ އައިސްފައިވާ ކަމަށާއި އެ ދެ ކުދިންނާއި ދެ ކުދިންގެ ދެ ބެލެނިވެރިން ވެސް އައިޖީއެމްއެޗުގައި ގާއިމް ކުރެވިފައިވާ ފެސިލިޓީއަށް ގެންދެވިފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން މިއަދުގެ ފްލައިޓުން ރާއްޖެ ގެނެސްފައިވަނީ އިންޑިއާގެ ބެންގަލޫރު އަދި ކޮޗިންގައި ތިބި މީހުންގެ ތެރެއިން އާސަންދައިގެ އެހީގައި ބޭސް ފަރުވާ އަށް ގޮސްތިބި މީހުންނެވެ.

ރާއްޖެއިން ބޭރުން އަންނަ ދިވެހިން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރަންޖެހެއެވެ. ކަރަންޓީނު ކޮށްފައިވާ މީހުންގެ ތެރެއިން މިހާތަނަށް 853 މީހަކު ދޫކޮށްލާފައިވާއިރު، އެމީހުން ދޫކޮށްލަނީ ކޮރޯނާ އަށް ޓެސްޓު ކުރުމަށްފަހު ޓެސްޓު ނެގެޓިވް ވުމުންނެވެ.

ރާއްޖެއިން 20 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއިރު މިހާތަނަށް 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާގައި ތިބީ ދެ ދިވެހީންނެވެ. ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވް ކަން އެނގުނީ ރާއްޖެއިން ފުރިފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން