މިއަދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް މެންބަރުން
މިއަދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް މެންބަރުން
ކޯވިޑް-19 އާއި ގުޅޭގޮތުން އެޗްޕީއޭއިން ކުރި ދިރާސާ ރިޕޯޓުގައި ހިމެނޭ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު އާންމު ކުރައްވާފައި ވީނަމަވެސް އެޗްޕީއޭގެ ދިރާސާ ރިޕޯޓް އެއްވެސް ފަރާތަކާއި ހިއްސާ ކޮށްފައި ނުވާނެ ކަމަށް އެފަރާތުން ބުނެފިއެވެ.

ކޯވިޑް-19 އާއި ބެހޭގޮތުން އެޗްޕީއޭގެ ކަމާބެހޭ ތަޖުރިބާކާރު ޓީމަކުން ކޮށްފައިވާ ވަރަށް މުހިންމު އަދި އެހާމެ ހައްސާސް މައުލޫމާތު ތަކެއް ހިމެނޭ މި ދިރާސާ ރިޕޯޓްގައިވާ މުހިންމު ގިނަ މައުލޫމާތު ތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު މަޖިލީހުގައި ބައްދަލުވުމެއް ބާއްވަވައި އާންމު ކުރެއްވި ނަމަވެސް މިރޭ ދަރުބާރުގޭގައި ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. ނަޒްލާއާއި މަބްރޫކް އަޒީޒުވެސް ވިދާޅުވީ އެ ދިރާސާ ރިޕޯޓް އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.

އެބޭފުޅުން ވިދާޅުވީ އެ ރިޕޯޓް ހިއްސާ ކުރެއްވީ ރޭ މުލީއާގޭގައި ބޭއްވެވި ކޯވިޑް-19 އާއި ގުޅޭ ބައްދަލު ވުމެއްގައި ކަމަށެވެ. އެނޫން އެއްވެސް ތަނެއްގައި އެރިޕޯޓް ހިއްސާ ކުރައްވާފައި ނުވާނެ ކަމަށް އެޗްޕީއޭއިން މިރޭ ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މި ދިރާސާ ރިޕޯޓްގައި ހުރި މައުލޫމާތުތައް ހިއްސާ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގައި އެމްޑީޕީގެ ޕާލިމެޓްރީ ގްރޫޕްގެ ލީޑަރ ޢަލީ އާޒިމާއި މަޖިލީހުގެ ނާއިބްރައީސް ވެސް އިންނަވާ ކަމަށާއި ކޮންމެ ރެއަކު ޓާސްކްފޯސްގެ ބައްދަލުވުމުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ މަޝްވަރާތަކުގެ މައުލޫމާތު އެމަނިކުފާނާއި ހިއްސާކުރައްވާ ކަމަށެވެ. މީގެއިތިރުން ރައީސުލްޖުމްހޫރިއްޔާ ޓާސްކްފޯސްގެ ބައްދަލުވުން ތަކުގައި ކަންކުރައްވާ ގޮތާއި ދައްކަވާ ވާހަކަފުޅުތައްވެސް އެނގިވަޑައިގަންނަވާ ފަދަ މޭރުމަކުން މިއަދު ވާހަކަ ދައްކަވާފައި ވެއެވެ.

ނަޝީދުގެ ވާހަކަ ފުޅުގައި ދިރާސާ ރިޕޯޓްގައި ހިމެނޭ މައުލޫމާތުގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ހޯދަން އުޅޭ ވެންޓިލޭޓަރ ތަކަށްވެސް އަދި ފައިސާ ނުދައްކާ ކަމުގެ މައުލޫމާތު ވަނީ ހާމަކުރައްވާފައެވެ. އަދި މަޖިލީހާއި ނުލައި ކޯވިޑް-19 ގެ ތައްޔާރީތައް ނުވެވޭނެ ކަމުގައި ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު


10

ސަދފަސފަސ

17-Apr-2020

މިކަލޭގެ އާއި ހެދި މިސަރުކާރުގެ އަގުވެއްޓެނީ



ޓްރެންޑިން